ޝްރައްދާ އާއި ރަންބީރު ހާއްސަ ލަވަ އެއް ޝޫޓް ކުރަނީ

ޝްރައްދާ އާއި ރަންބީރު ހާއްސަ ލަވަ އެއް ޝޫޓް ކުރަނީ

Author
ފާތިމަތު ނާވީ
25 ފެބްރުއަރީ 2023 08:04
0

ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ބެލުންތެރިންގެ ކެއްތެރިކަން ވެސް އަންނަނީ ކުޑަ ވަމުންނެވެ. އަދި ފިލްމް ބަލާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ ކެއްމަދުވެފައިއެވެ.

މީގެ ކުރިން ރިލީޒްކުރި މި ރޯމް-ކޮމްގެ ލަވަތަކުގެ ހިތްގައިމުކަން ހުރިހާ ދިމާލަކުން ވެސް ފެނިގެން ގޮސްފައިވާއިރު، ދާދި ފަހުން ރިލީޒްކުރި "ޝޯ މީ ދަ ޓުމްކާ" ލަވައަކީ ވެސް މި ލިސްޓަށް އިތުރުވި އިތުރު ލަވައެކެވެ. މި ލަވައިގައި މާސްޓާޖީ ގަނޭޝް އަޗާރިޔާ ނޫން އެހެން ކޮރިއަގްރާފަރަކަށް އެހާ ހިތްގައިމު ކޮރިއޯގްރަފެއް ނުކުރެވޭނެއެވެ.

އެކަން ފިލްމް އުފައްދާ ޓީމަށްވެސް ގަބޫލު ކުރެވެއެވެ. އެއާއި އެކުގައި މި ފިލްމްގެ އިތުރު ލަވައެއްގެ ކޮރިއަގްރާފްގެ މަސައްކަތް ވެސް މި ވަނީ އޭނާ އާއި ހަވާލުކޮށްފައިއެވެ. މިކަން ފުރިހަމަ ކުރުމަށް މިހާރު ގަނޭޝް އާއި އޭނާގެ ޓީމް ވަނީ ހައިދަރްއާބާދް އަށް ފުރާފައިއެވެ. މި ލަވަ ވެގެން ދަނީ "ތޫ ޖޫތީ މޭ މައްކާރް" ގައި ހިމެނޭ ވަރަށް ހާއްސަ ލަވައަށެވެ.

އޭނާ އާއި އެކު ހާއްސަ ޓީމެއް އުދުއްސާލި އިރު އޭނާ ވަނީ މި ލަވަ ހިޓަކަށް ހެދުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިއެވެ. އޭނާގެ ޑާންސް ސްޓެޕްތަށް ފެނިގން ދިއަ މަޝްހޫރު ލަވަ ޕުޝްޕާގެ "އޯ އަންތާވާ"  ފަދަ ކެޗީ ސްޓެޕްތަކެއް މިލަވައިގައި ހިމަނާ ޓްރެންޑް އަކަށް ހަދަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ރަންބީރާއި ޝްރަދާ އަދި ގަނޭޝްގެ މި ޑައިނަމިކް ޓްރިއޯއާ އެކު މި ލަވަ ހިޓްވާނެ ކަމަށް ގަބޫލުކުރެއެވެ!"

ލަވް ފިލްމްސްގެ ލަވް ރަންޖަން އާއި އަންކުރް ގަރްގް ޕްރޮޑިއުސްކޮށް، ޓީ ސީރީޒްގެ ގުލްޝަން ކުމާރާއި ބުޝަން ކުމާރު ޕްރޮޑިއުސްކުރާ "ޓޫ ޖޫތީ މޭ މައްކާރް" އަކީ ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.  މާޗް 8، 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ރިލީޒްކުރަން ވަނީ ތާވަލް ކޮށްފައިއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.