ބްރޯޑްކޮމްގެ މެމްބަރުކަމަށް 4 ނަމެއް މަޖިލިހަށް ފޮނުއްވައިފި

ބްރޯޑްކޮމްގެ މެމްބަރުކަމަށް 4 ނަމެއް މަޖިލިހަށް ފޮނުއްވައިފި

Author
ހުސެއިން
22 ފެބްރުއަރީ 2023 11:49
0

ބްރޯޑް ކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސިލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް 4 ނަމެއް ހުށަހަޅުއްވައިފިއެވެ.

މެމްބަރުކަމަށް ރައީސް ސާލިހު ހުށަހަޅުއްވާފައި ނަންތަކަކީ ޝިހާމް މުހައްމަދު، ދަފްތަރު 5413 އާއި، ޝާން ސޯލިހު މުހައްމަދު ފިނިވާދީ، ދ. ކުޑަހުވަދޫ އާއި އަދި އޭގެ އިތުރުން ވ.ރޯޝަން، ހުސެއިން އަމްރުއާއި ދ، މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގް ނަމެވެ.

މަޖިލީހަށް ނަންތައް އިއްވުމަށްފަހު ނަންތައް އިތުރަށް ދިރާސާކުރުމަށް ވަނީ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް މެމްބަރަކު އައްޔަން މިކުރަނީ އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަމްޖަދު ވަހީދުގެ ދައުރު އަންނަ މަހުގައި ހަމަވާތީއެވެ.

ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް، ބްރޯޑް ކޮމްގެ މެމްބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން ވެސް ރައީސް ސާލިހުވަނީ މަޖިލީހަށް 5 ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން މިހާރު ގެންދަނީ އެ ބޭފުޅުންނާއި އިންޓަވިއު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.