ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރު، ކެރަން ރޮހްސްލާ، ވެސް އޭއެފްސީ ބްރެކްޓް ޗެލެންޗުގައި ރައްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާޤަށް ވޯޓްދީން ކެންޕެއިންގައި ބައިވެރިވެއްޖެއެވެ.
އިނގިރޭސި ސަފީރު ކުރެއްވި ޓްވީޓްގައި ވަނީ އަޝްފާޤަށް ވޯޓް ދީފައިވާކަމަށެވެ. މި ކެމްޕެއިންގައި ގިނަބަޔަކު އަޝްފާޤަށް ވޯޓު އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު ރާއްޖޭގައި އުޅޭ ބޭރުގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންވެސް މި ވޯޓުގައި އަމަލީ ގޮތުން ދަނީ ބައިވެރިވަމުންނެވެ.
Got my vote! You have until Sunday to back @AliAshfaq07 https://t.co/Fnwl2KQ0zx
— Caron Rohsler (@caron_rohsler) November 26, 2020
"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގެ ފުރަތަމަ ދުވަސް ނިމުނުއިރު ދަގަނޑޭ އޮތީ ބޮޑު ތަފާތަކުން ކުރީގައެވެ.
އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!
އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
އާދީއްތަ ދުވަހާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮތް އިރު މި ވޯޓުގައި އަޝްފާޤަށް ކުރިހޯދުމަށް ވަރަށް ފޯރީގައި ދަނީ ކެންޕެއިން ކުރެވި ވޯޓު ދެމުންނެވެ.