މީދަލުގެ އުނދަގޫ ބޮޑުވެ ބްރޮޑްކޮމް މިއަދު ބަންދު

މީދަލުގެ އުނދަގޫ ބޮޑުވެ ބްރޮޑްކޮމް މިއަދު ބަންދު

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2023 12:18
0

މީދަލުގެ އުނދަގޫ ބޮޑުވެ، މީދާ ނައްތާލުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މިއަދު ބަންދުކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ބްރޮޑްކާސްޓިން ކޮމިޝަން ހިންގަމުން އަންނަ ގ. ބިއްލޫރިޖެހިގޭ އިމާރާތުގައި މީދާ ގިނަވެ އެކަމުގެ ސަބަބުން އުނދަގޫ ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕެސްޓް ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބްރޮޑްކޮމް އިން ބުނީ ޕެސްޓް ކޮންޓްރޯލް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ މިއަދު އެ ކޮމިޝަނުގެ މުވައްޒަފުންނަށް ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.

އަދި މިއަދު އޮފީސް ހުޅުވައިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.