މި މަހުގެ 7 ވަނަ ދުވަހުގައި ކައިވެނި ކުރި ބޮލީވުޑްގެ ޒުވާން ދެ ޖޯޑު ކަމުގައިވާ ސިދާތް މަލޯތުރާ އާއި ކިއާރާ އަދުވާނީ އަށް ކަރަން ޖޯހަރު ގެ 3 ފިލްމް އެއް ލިބިއްޖެއެވެ.
ބެލެވޭ ގޮތުގައި ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ކަރަން އެ ދެމަފިރިންނަށް ތިން ފިލްމް އެއް ހުށައަޅާފައިވާ އިރުގައި. މި ދެތަރިންނަކީ ވެސް ކަރަންގެ ވަރަށް ފޭވަރިޓް ދެ ތަރިންނެވެ. މީގެ ކުރިންވެސް މި ދެތަރިން ވަނީ ކަރަންގެ ފިލްމް ތަކުގައި މަސައްކަތް ކޮށްފައިއެވެ.
ދެމަފިރިންނާއި ގާތް ގުޅުމެއް އޮންނަ ކަރަން ވަނީ އެ މީހުންގެ މުމްބާއީ ރިސެޕްޝަން ގެ އިތުރުން ހުރިހާ ހަފްލާއެއްގައި ވެސް ބައިވެރިވެފަ އެވެ. އަދި މިހާރު އެމީހުންގެ ކައިވެނީގެ ސެރޮމޮނީތަކުގެ ފޮޓޯތަށް އަންނަނީ ސޯޝަލް މީޑީއާ މެދުވެރި ކޯށް ފޭނުންނާއި ހިއްސާ ކުރަމުންނެވެ.
ދަރްމާ ޕްރޮޑަކްޝަނާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ފަހުގެ ރިޕޯޓްތައް ބުނި ނަމަވެސް އެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަދި މިހާތަނަށް ދައްކަިއފައިއެއް ނުވެއެވެ. ނަމަވެސް މިއުޒިކަލް ރޮމް-ކޮމް ސްޕޭސްގައި ހިމެނޭ ފިލްމުތަކުގައި މި ދެތަރިން އެކުގައި ފެންނާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ސިދާތު އާއި ކިއާރާ މިހާތަނަށް އެކުގައި ކުޅެފައި ވަނީ އެންމެ ފިލްމެއް ކަމަށްވާ "ޝެރްޝާހް" އަކީ އަސްކަރީ ހީރޯ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމް އަކީ ދެތަރިން އެކުގައި ފެނިގެން ދިއަ އަލަތު ފިލްމްއެވެ. އަދި ހަމަ އެއާއ އެކުގައި މި ފިލްމް ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.
ކެރިއަރުގެ ކުރީކޮޅުން ފެށިގެން ކަރަން ޖޯހަރަކީ މި ދެތަރިންނާ އެކު މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ކަރަން ގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އިން ކިއާރާ މަޝްހޫރުކަން ހޯދިއިރު ސިދާތު މަލްހޯތުރާ ބޮލީވުޑަށް ތައާރަފުވީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.
ދަރްމާ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން ޕްރޮޑިއުސްކުރާ "ޔޯދާ" ގައި ލީޑުރޯލުން ފެނިގެން ދާނީ ސިދާތުއެވެ. މި ފިލްްމް އަކީ މިއަހަރުގެ ޖުލައި 7 އަށް ތާވަލް ކޮށްފައިވާ ފިލްމް އެކެވެ. މި ފިލްމް ގައި ސިދާތާއި އެކުގައި ފެނިގެންދާނީ ދިޝާ ޕަޓާނީ އާއި ރާޝީ ކަންނާ އެވެ.
ކިއާރާއާ ގެ މަސައްކަތަށް ބަލާއިރުގައި އެންމެ އަވަހަށް ދެން އޭނާ ފެނިގެންދާނީ ރާމް ޗަރަން ލީޑް ރޯލް ކުޅޭ "އާރްސީ15″ އިންނެވެ. އޭގެ އިތުރުން ކާތިކް އާރްޔަން ލީޑް ރޯލުން ފެނިގެންދާ ރޮމޭންސް ޑްރާމާ "ސަތިޔަޕްރަމް ކީ ކަތާ" އަކީ ވެސް ކިއާރާ ފެނިގެންދާނެ ފިލްމް އެކެވެ.