އަލް ނަސްރަށް ފުރަތަމަ ހެޓްރިކް ހެދި މެޗުގައި ރޮނާލްޑޯއަށް ރެކޯޑެއް!

އަލް ނަސްރަށް ފުރަތަމަ ހެޓްރިކް ހެދި މެޗުގައި ރޮނާލްޑޯއަށް ރެކޯޑެއް!

ގުޅުންހުރި

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަލް-ވަހްދާ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ހަތަރު ގޯލުން އަލް ނަސްރު 4-0 އިން މޮޅުވިއިރު، ރޮނާލްޑޯ ކެރިއަރުގައި 500 ލީގު ގޯލު ހަމަކޮށްފިއެވެ.

ރޮނާލްޑޯ މި އަދަދު ހަމަކުރީ އޭނާ މިހާރު ކުޅޭ ކްލަބް އަލް ނަސްރު ރޭ ސައުދީ ޕްރޯ ލީގުގައި ކުޅުނު މެޗުގައި ހަތަރު ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯގެ ލަނޑުތަކާ އެކު އަލް ވެހްދާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 0-4 އިންނެވެ.

މި ނަތީޖާއާ އެކު، އަލް ނަސްރު ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އަލް ޝަބާބާ އެއްވަރަށް 37 ޕޮއިންޓް ހޯދައިގެންނެވެ. ސޯޅަ ޓީމު ކުޅޭ މި ލީގުގެ އެއް ވަނައިގައި އަލް ނަސްރު އޮތީ 16 މެޗު ކުޅެގެންނެވެ. އަލް ޝަބާބް ވަނީ 17 މެޗު ކުޅެފައެވެ.

ތަފާތު ފަސް ލީގުގައި ކުޅެ ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އުމުރުން 38 އަހަރުގެ ޕޯޗުގަލް ފޯވާޑް ވަނީ މީގެ ކުރިން ޕޯޗުގަލް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގުގައި ގިނަ ލަނޑުތަކެއް ޖަހާފައެވެ.

އެންމެ ފުރަތަމަ ޕޯޗުގީސް ލީގާގައި ސްޕޯޓިން ލިޒްބަން އަށް ތިން ގޯލާއި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް 311 ގޯލާއި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް 103 ގޯލާއި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް 81 ގޯލުގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރަށް ފަސް ގޯލެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ބަދަލުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *