ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުން މާޗް 2 ގައި

ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުން މާޗް 2 ގައި

ގުޅުންހުރި

ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން އަންނަ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޙުތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ޤާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި އަހަރު މާލެ ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ. ހަތަރުވަނަ ދައުރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައިވެސް ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ