ހައިވޭގެ އެކްސިޑެންޓްގައި ޒަޙަމްވި މީހާ ވެންޓިލޭޓަރުގައި

ހައިވޭގެ އެކްސިޑެންޓްގައި ޒަޙަމްވި މީހާ ވެންޓިލޭޓަރުގައި

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2023 04:30
0

ސިނަމާލޭ ބްރިޖު ހައިވޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޙަމްވި މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވިރު ސިނާމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ޒަޙަމްވެފައިވަނީ ފިރިހެނަކަށެވެ. އަދި އެކްސިޑެންޓް ހިނގިތަނާހެން ފަރުވާދިނުމަށް އެމީހާ ވަނީ އައި.ޖީ.އެމް.އެޗްއަށް ގެންގޮސްފައެވެ. އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ކަމަށާއި އެމީހާ މިވަގުތު އޮތީ އައި.ސީ.ޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.

މި ޙާދިސާއާއި ގުޅިގެން އެކްސިޑެންޓުވި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ. މިއެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ސިނާމާލެ ބްރިޖްއާއި ހައިވޭގައިވެސް މީގެ ކުރިން ވަނީ އެކި ވަރުގެ އެކްސިޑެންޓްތައް ހިނގާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.