ދައުލަތުގެ ސިފަ ނުޖެހި އޮތް ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިޙްގެ ސަރުކާރު އެކަނި-އަލީ ހުސައިން

ދައުލަތުގެ ސިފަ ނުޖެހި އޮތް ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިޙްގެ ސަރުކާރު އެކަނި-އަލީ ހުސައިން

ގުޅުންހުރި

ވޭތުވެދިޔަ 50 އަހަރަށް ބެލިކަމުގައި ވިޔަސް، ދައުލަތެއްގެ ސިފަ ނުޖެހި އޮތް ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އޮފީސްތައް ހިންގުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފަން ނުޖެހޭ ގޮތަށް ހެދުމަށް ހުށަހަޅާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ އޮފީސް އިމާރާތްތައް ކުއްޔަށް ހިފުމަށް ދައުލަތުން އަހަރަކު 102 މިލިއަން ހަރަދު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
ދައުލަތުގެ ދަރަނި 120 ބިލިއަނަށް އެރި އިރު އޮފީސް އިމާރާތްތައް ނޭޅި ހުރީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އިސްރާފު އިންތިހާއަށް އިތުރުވެ، ފާއިތުވި 15 އަހަރުގެ ތެރޭގައިވެސް މާލެ ސަރަހައްދުގައި ކޯޓު އިމާރާތެއްވެސް އެޅިފައި ނެތްކަމަށެވެ.
"ހަގީގަތުގައި މިކަން ގޮސް ނިމޭ ހިސާބަކީ، ދައުލަތެއްގެ ގޮތުގައި ހިންގަން ނޭނގިގެން މިއުޅެނީ. ފާއިތުވެ ދިޔަ 50 އަހަރަކަށް ބަލާއިރު، ދައުލަތެއްގެ ސިފަ ނުޖެހި، އެމީހަކާ އެމީހެއް އެމީހަކު ކުރާނެ ކަމެއް ކުރަން ދޫކޮށްލެވިފައި އޮތް ސަރުކާރަކީ މީ،" އަލީ ހުސަިއން ވިދާޅުވި އެވެ.
"ރައީސް މައުމޫންގެ ސަރުކާރު ދުށީމު، ރައީސް ނަޝިދުގެ ސަރުކާރުވެސް ދުށީމު، އޭގެ ފަހުން ޑރ. ވަހީދު އަދި ރައީސް ޔާމީންގެ ސަރުކާރުވެސް އަޅުގަނޑުމެން ދުށީމު. ދައުލަތެއްގެ ސިފައިގައި، ދައުލަތުގެ އިސްވެރިޔާގެ ބެލުމުގެ ދަށުން ނެއްޓި ކަންތައްތައް ދިޔަތަނެއް ނުދެކެން."
އެކަން އެހެން ވަނީ އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާނުކޮށް، ވަޒީރުން ކުރާ ކަންތައްތަކަށް ވެސް އަޅައިނުލާ ދޫކޮށްލާފައި އޮންނާތީ އެވެ.
"ހަގީގަތުގައި މި ވެގެން އުޅޭ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އޭގެ ހައްގު ގޮތުގައި އަދާ ނުކުރައްވަނީ. މިނިސްޓަރު ކުރައްވާ ކަންތައްތަކަށް އަޅައި ނުލައްވަނީ. ރައީސުލްޖުމްހޫރިއްޔާ ދައުލަތެއްގެ ގޮތުގައި ރާއްޖެ ހިންގަވަން ފައްޓަވަންވީ. ފަހު އިރުވައި، ފަހު ހުޅަނގު ނިމުމުގެ ކުރިން ހޭއަރަން އެބަޖެހޭ. ދައުލަތެއްގެ ސިފަ ޖައްސާލަން އެބަޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ