މަރަޑޯނާ މަރުވުމުގެ ހިތާމާގައި މުޅިދުނިޔެ، ފުޓުބޯޅައަށް ކަޅު ދުވަހެއް

މަރަޑޯނާ މަރުވުމުގެ ހިތާމާގައި މުޅިދުނިޔެ، ފުޓުބޯޅައަށް ކަޅު ދުވަހެއް

ގުޅުންހުރި

ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑްރީ، ޑިއޭގޯ މަރަޑޮނާ މަރުވި ހަބަރާއިއެކު މުޅި ދުނިޔެއިން ދަނީ މިކަމުގެ ހިތާމާގައި ބައިވެރިވަމުންނެވެ.

ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މަރަޑޯނާއަކީ ފުޓުބޯޅައިގެ އިތުރު ތަޢާރަފަށް ބޭނުންނުވާ ލެޖެންޑްރީއެކެވެ. މި މަހު 60 ވަނަ އުފަން ދުވަސް ފާހަގަކުރި މަރާޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ މި މަހު ކުރީކޮޅު ކުއްލި އޮޕަރޭޝަނެއް ކޮށްފަ އެވެ. މަރަޑޯނާ މަރުވިކަން މިރޭ އޭނާގެ އާއިލާގެ ފަރާތަކާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އިން ރިޕޯޓްކުރީ އޭނާ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މަރަޑޯނާގެ ހިތާމާގައި ކުޅިވަރުގެ މުޅި އާއިލާއާއި، އޭނާގެ ސަޕޯޓަރުން ބައިވެރި ވަމުންދާއިރު މީޑީޔާގެ ވަސީލަތްތަކާއި، ޝޯޝަލްމީޑިޔާގައި މަރަޑޯނާގެ ހަދާންތަކުގެ ވާހަކަތައް ދަނީ އޮއްސަމުންނެވެ.

ހަތަރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ އަށް ކުޅުނު މަރަޑޯނާ ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި ވަނީ 34 ގޯލު ޖަހައިފަ އެވެ. މަރަޑޯނާގެ ކެޕްޓަންކަމުގައި އާޖެންޓީނާ ވަނީ އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ކުޅެފަ އެވެ. ނަމަވެސް ވެސްޓް ޖަރުމަނާ ވާދަކޮށް ފައިނަލުގައި 1-0 އިން ބަލިވުމުން މުބާރާތުގެ ތަށި ވަނީ ގެއްލިފަ އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް އާޖެންޓީނާގެ ކެޕްޓަންކަން މަރަޑޯނާ ކުރި އެވެ. ނަމަވެސް މަނާ ބޭހަށް ޕޮޒިޓިވްވުމުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

މަރަޑޯނާގެ ރަން ހަދާންތަކަކީ ދިވެހިންނާއިވެސް ގުޅިފައިވާ ހަދަންތަކެކެވެ. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ވަގުތުން ވޯލްޑްކަޕެއް ދައްކަން ފެށުނީ 1986ގެ ވޯލްޑުކަޕެވެ. އެއީ މަރަޑޯނާގެ ރަންޒަމާނެވެ. އޭރުއްސުރެ މަރަޑޯނާއާއި އާޖެންޓީނާގެ ސަޕޯޓަރުން ދިވެހިންގެ ތެރޭގައިި ވަރަށްގިނައެވެ. ރާއްޖޭގެ އޭރުގެ ތަރިންނާއި މިހާރުގެ ތަރިންވެސް މިހިތާމާގައި ދަނީ ބައިވެރިވަމުންނެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ އިން މަރަޑޯނާ ރިޓަޔާ ކުރީ 37 ވަނަ އުފަން ދުވަހު އެވެ. އޭރު ކުޅެމުން ދިޔައީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށެވެ. އާޖެންޓީނާގެ ދެ ޓީމަކަށް ކޯޗުކޮށް ދިނުމަށް ފަހު ގައުމީ ޓީމާ 2008 ވަނަ އަހަރު ހަވާލުވި އެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ޖަރުމަން އަތުން ބަލިވި މެޗަށް ފަހު ކޯޗުކަން ދޫކޮށްލިއެވެ.

މަރަޑޯނާގެ ފުބޯޅައިގެ ކާމިޔާބީއާއި، އޭނާ ދަނޑުމަތީގައި ދެއްކި ޖާދޫއަކީ މިޒަމާނުގެ ކުޅުންތެރިންނަށް އަރާ ހަމަ ނުކުރެވޭ ވަރުގެ މޮޅު ހުނަރުވެރި އަދި ޝައުގުން ފުރިގެންވާފަދަ ކާމިޔާބީތަކެއްކަމަށް ގިނަ ފުޓުބޯޅަ ލެޖެންޑުން ހެކިވެއެވެ. މަރަޑޯނާގެ މަރުގެ ހިތާމާގައި މުޅި ދުނިޔެ އޮތް އިރު އޭނާގެ ހަދާންތަކުން ސޯޝަލް މީޑިޔާވަނީ ބަންޑުން ކޮށްލާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *