ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްއެމްސީން ކުށްވެރިކޮށްފި

ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްއެމްސީން ކުށްވެރިކޮށްފި

ގުޅުންހުރި

ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކުށްވެރިކޮށްފިއެވެ.

އެކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ ސޯޝަލް މީޑިއާ ޕޯސްޓަކުން ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް ވަގުތު ނޫހުން 5 ފެބްރުއަރީ 2023 ވީ އާދީއްތަ ދުވަހު ނެރެފައިވާ ޚަބަރު އެކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަކިވަކި ނޫސްވެރިންނަށާއި މީޑއާތަކަށް މިފަދަ އިންޒާރުތައް ލިބެމުންދާކަން މިއީ އެކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށާ، މީގެ ކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާތީ، މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި އެކައުންސިލުން ނުދެކޭކަމަށްވެސް އެމްއެމްސީގެ ބަޔާނުގައިވެއެވެ.

ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައި ދިނުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާއެއްގެ ޒިންމާއެއްކަމަށަ، ވަގުތު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށްފައިވާތީ، ވީހާވެސް އަވަހަކަށް ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކަމާއި ބެހޭ މުއައްސަސާތަކައް ގޮވާލާކަމަށްވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ