ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތްރާ އާއި ކިއާރާ އަދުވާނީގެ 'ސިއްރު' ކައިވެނީގެ ރަސްމިއްޔާތުތަށް ފެށިގެން ކުރިއަށް ދާކަމަށް ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުންބުނެފިއެވެ.
މިކައިވެންޏަށް މީގެ ހައެއްކަ މަސްކުރިން މި ދެތަރިން ދިއައީ ތައްޔާރު ވަމުންނެވެ. ކައިވެނި އޮންނަ ވެނޫއަށް އިއްޔެ ދެފަރާތުގެ އާއިލާ މެމްބަރުންވެސް މިހާރު ވަނީ ހާޒިރުވެފައިއެވެ. އެގޮތުން ކިއާރާގެ މައިން ބަފައިން އަދި ސިދާތުގެ މައިންބަފައިންވެސް ވަނީ އިއްޔެ އެއާޕޯޓްއިން ފެނިގެން ގޮސްފައިއެވެ.
ސިދާތް އާއި ކިއާރާގެ ކައިވެނި އޮންނާނީ ޖެއިސަލްމާރްގެ ސޫރިޔާގަރް ޕެލަސްގައި ފެބްރުއަރީ ހަތްވަނަ ދުވަހު ކަމަށް ޚަބަރުތައް ބުނެ އެވެ. މިހާރު ކުރިއަށް ދަނީ މެހެންދީ އާއި ސަންގީތު އަދި ކައިވެނީގެ ކުރިން ބާއްވާ ތަފާތު ކަންތަށްތަށް ތަށް ކަމަށްވެސް ހަބަރުލިބެއެވެ.
ސިދާރްތު އާއި ކިއާރާގެ ކައިވެނީގެ ހެދުންތައް ތައްޔާރުކޮށްދެނީ މަނީޝް މަލްހޯތުރާ އެވެ. މަނީޝް ވަނީ ކިއާރާ އާއި އެކުގައި ޖެއިސަލްމާރް އަށް މިހާރު ގޮސްފައިއެވެ. އެދެމީހުން އެއާޕޯޓް އިން އިއްޔެ ގެ ވަގިތެއްގައި ފެނިފައިވެއެވެ.
ކިއާރާ އާއި ސިދާރްތުގެ ކައިވެނީގެ ކަންކަން ކުރިއަށް ދިޔަ ނަމަވެސް މި މީހުން ކައިވެނިކުރަން އުޅޭކަން ރަސްމީކޮށް ދެ ތަރިން އިއުލާން ކޮށްފައެއް ނުވެ އެވެ. ހިތުން ވަރަށް ސިއްރުން ކުރާ މިކައިވެނި ތަކުގެ ހަބަރު މާކުރިން މީޑިއާގެ ފަލަސުރުހީތަކަށް އަބަދުވެސް އަރައެވެ.
ކިއާރާ އާއި ސިދާރްތުގެ ގުޅުން ލޯތްބަށް ބަދަލުވީ ދެ ތަރިން އެކުގައި ކުޅުނު "ޝޭރްޝާހް"ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްތަކުގަ އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑޫ ކާމިޔާބެއް ހޯދި ފިލްމްއަކަށެވެ. 2 އަަހަރެއްހައި ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު އެމީހުން ކަިއވެނި ކުރާ އިރުގައި ދެމީހުންނަކީވެސް ބޮލީވުޑްގައި ނަން ހިގާ ދެ ތަރިންނެވެ.