ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް އިސްލާހު ކުރުމަށްފަހު، ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރއިން މުރާޖާ ކޮށްފައިވާ ލިސްޓު އަލުން އިއުލާން ކޮށްފިއެވެ.
އެޗްޑީސީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ ބުނީ މި އިއުލާންކުރި ލިސްޓްގައި ސީލައިފް، ޚިޔާ، އަދި ގުޅިފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަމަށެވެ.
މިގޮތުން މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި-އެޕްލިކަންޓް އދި ކޯ-އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާއި އެކުއި ކަމަށެވެ. ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ. އަދި، މި ފަރާތްތަކަށް މިކަން ހައްލުކުރުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓު އާންމުކުރުން
ލިންކް: https://t.co/XJGf2FhIgj— HDC (@hdcmaldives) February 2, 2023
އެޗްޑީސީން ހާމަ ކޮށްފައިވަނީ، ވިނަރެސް ހައުސިންގ މަޝްރޫއުއިން އެޕާރޓްމަންޓް ގަތުމުގެ ދެންކުރިއަށް އޮތް މަރުހަލާއަކި، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހާމަކުރުމުގެ މަރުހަލާކަމަށް ކަމަށެވެ. މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ނެގުމާއި ވިނަރަސް އެޕޓްމެންޓު އިހްތިޔާރު ކުރުމުގެ މަސައްކަތް އެޗްޑީސީ އިން ކުރިއަށް ގެންދާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެޕާޓްމަޓް އިޚްތިޔާރު ކުރުމަށްފަހު، ލީސް-ޓު-އޯން އަދި ފުލް ޕޭމަންޓް މޮޑެލް ޚިޔާރު ކޮށްފައިވާ ފަރާތްތަކަށް، އެ ކުންފުނިން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް ތާރޑްޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދެވޭނެ ކަމުގައެވެ. އަދި އެ ޕޭމަންޓް މޮޑެލް ޚިޔާރު ކުރެއްވި ފަރާތްތަކަށްވެސް ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީ އިން މާލި ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާރޑްޕާޓީ އިވެލުއޭޓަރުން ނިންމުމުން ކަމަށް އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ.
އޭގެ އިތުރުން އެންޑް ޔޫސަރ މޮޑެލް ޚިޔާރު ކޮށްފައިވާ ފަރާތްތަކަށް ބުކިން ފީ ދައްކާ އެޕާރޓްމަންޓް އިޚްތިޔާރު ކުރުމުގެ މަރުޙަލާ ނިމުމުން މާލާ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ފަރާތްތަކާއި އެކުންފުނިން ހިއްސާ ކުރާނެއެވެ. އަދި އެ ޕޭމަންޓް މޮޑެލް ދަށުން ވިނަރެސް އެޕާރޓްމަންޓް ކަށަވަރުވާނީ މާލީ އިދާރާތަކުން ލޯނު ހަމަޖެހުނުކަމުގެ ލިޔުން އެ ކުންފުންޏަށް ހުށަހެޅުމުން ކަމަށެވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ލިސްޓުގައި ލިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން 3353535 އިން އެ ކުންފުންޏާއި ގުޅޭނެކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ