އިދިކޮޅޫ ޕީޕީއެމްއަށް ނިސްބަތްވާ އައްޑޫ ސިޓީގެ ފޭދޫ ކައުންސިލަރ މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއި ކޮށްފިއެެވެ. އޭނާ މިއަދު އެމްޑޕީއަށް ސޮއި ކޮށްފައިވަނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ އަރިހުގަ، މުލިއާ ގޭގައެވެ.
ފައިސަލް މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު އޭނާގެ ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއާއެވެ. އަދި އޭނާ ސޮއި ކުރެއްވިއިރު އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ހުންނެވިއެވެ.
ފައިސަލް އަކީ އައްޑޫ ސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރ އެވެ.
އައްޑޫ ސިޓީގެ ކައުންދިލްގައި ޖުމްލަ 13 މެމްބަރުން ތިއްބަވާއިރު، ކައުންސިލްގަައި ތިއްބަވަނީ އިދިކޮޅު ޕީޕީއެމްގެ 3 މެމްބަރުންނާއި އެމްޑީޕީގެ 6 މެމްބަރުންނާއި މިނިވަން މެމްބަރުންނެވެ.
އައްޑޫ ސިޓީގެ ކައުންސިލް މެމްބަރަކު އެމްޑީޕީއަށް ސޮއި ކޮށްފައިވާއިރު، ދާދިފަހުން އެމްޑީޕީގެ އެތެރޭގަ ބޭއްވުނު ރިޔާސީ ޕްރައިމަރީ ރައީސް ސާލިހުވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. އަދި ފާއިތުވެދިޔަ ޕްރައިމަރީގެ ތެރޭގައި ސަރުކާރުންވަނީ އެ ސިޓީގެ ތަރައްގީއަށް ބޮޑެތި ވައުދުތަކެއް ވެފައެވެ.
ކޮމެންޓު ފޮނުވާ