ނަޝީދު އެމްޑީޕީން ބޭރުކުރޭ: ރީކޯ މޫސަ

ނަޝީދު އެމްޑީޕީން ބޭރުކުރޭ: ރީކޯ މޫސަ

Author
ޢަލީ އާދަމް
02 ފެބްރުއަރީ 2023 01:58
0

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހާރު އެއުޅުއްވަނީ އޭނާ އެޕާޓީން ބޭރުކޮށްފާނެތީ ބިރުންކަމަށާ، އަމިއްލަ އެދުމުގައި ޕާޓީގެ މެމްބަރުންގެ ބޮލަށް އެރުމުގެ ފުރުސަތު ނުދީ ނަޝީދު އެމްޑީޕީން ބޭރުކުރަންޖެހޭކަމަށް ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ނަޝީދު އަންނަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ޙަރަކާތެއް އުފައްދައި އެޙަރަކާތަށް މީހުން ވައްދަމުންނެވެ. ވަކި ފޯމެއް ހަދައިގެން މީހުން ލައްވައި ފޯމު ފުރުވައިގެން މީހުން އިތުރުކުރަމުން ދާތީ ރައީސް ޞާލިޙަށް ތާޢީދުކުރާ ފެކްޝަނުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. "ފިކުރެއްގެ ދިރުން" އެއީ ނިމިދިޔަ ޕްރައިމެރީ ކެމްޕެއިންގައި ނަޝީދު ބޭނުންކުރެއްވި ޝިޢާރެވެ.

ނަޝީދަށް ފާޑުވިދާޅުވަމުން ރީކޯމޫސަ ކުރެއްވި ޓްވީޓެއްގައވަނީ އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން މެމްބަރުންތަކެއް ބޮލަށް އެރިގެން މީގެކުރިން ވެސް ނަޝީދުވަނީ ޢުމުރަށް މުސާރަ ލިބޭ މަގާމެއް ހޯއްދަވާފައި ކަމަށެވެ. މިހާރު އެއުޅުއްވަނީ މަޖިލިހުގެ ރައީސް ކަން ގެއްލިދާނެތީ ބިރުން ކަމަށާ، ބޭނުންވަނީ އެމްޑީގެ ޢާންމު މެމްބަރުންގެ ގިނަބަޔަކު ނަޝީދުގެ ފަހަތުގައި ތިބިކަން ދެއްކުންކަމަށްވެސް މޫސަވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެމްޑީ