ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

Author
ހުސެއިން
01 ފެބްރުއަރީ 2023 06:28
0

ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކު ކުރެވިފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް މިއަދު އެ ކުންފުނި ފަށައިފިއެވެ. އެޗްޑީސީން ބުނެފައިވަނީ، ފާއިތުވި ޑިސެމްބަރުމަހު އާންމު ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން، މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރެޖިސްޓްރީ ބޯޑުނެތި، ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތައް ކަމުގައެވެ.

ފާއިތުވި ޑިސެމްބަރުމަހު އެޗްޑީސީން ހާމަ ކޮށްފައިވަނީ ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅަދުތައް ޕާކް ކޮށްފައި ހުރުމުގެ ސަބަބުން އެ ސިޓީއަށް ޒިޔާރަތްކުރާ މީހުންނަށާއި ދިރިއުޅެމުންދާ ފަރާތްތަކަށްވެސް ބޮޑެތި އުދަގޫތަކާއި ކުރިމަތިވަމުން ދާކަމުގައެވެ.

މިގޮތުން ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު، މިގޮތަށް ހުޅުމާލޭގައި ޕާކް ކޮށްފައިހުރި ތަކެތީގެ ސާވޭ ރިޕޯޓެއް ތައްޔާރުކޮށް އެކުލަވާލާފައި ވާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެ އިއުލާނުގައި ވަނީ، ހުޅުމާލޭގެ ޕާކިން ޒޯންތަކާއި، މަގުތަކުގައި އަދި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކް ކުރެވިފައިހުރި އުޅަނދުތަކާއި ހަލާކުވެފައި ސުން ބޯޑުގައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކަމާބެހޭ މުވައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމުގައެވެ.

ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކް ކުރުމާއި އަދި ބޭނުން ނުކޮށް ގިނަ ދުވަސްތަކަކަށް އުޅަނދުތައް މަގުތަކުގައި ބަހައްޓާފައި ހުރުމަކީ އާންމު ކަމެކެވެ. އަދި މިކަމުގެ ޝަކުވާ ތަކުރާރުކޮށް، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަދި ޒިޔާރަތްކުރާ ފަރާތްތަކުން ކުރަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.