ކޮޗިންއިން ގެއްލުނު މުހައްމަދު މަހުދީ އަދިވެސް ނުފެނޭ

ކޮޗިންއިން ގެއްލުނު މުހައްމަދު މަހުދީ އަދިވެސް ނުފެނޭ

Author
ޢަލީ އާދަމް
01 ފެބްރުއަރީ 2023 02:18
0

އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ އަދިވެސް ނުފެންނަނަކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު މަހުދީ، 35، ކ. ތުލުސްދޫ އެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނު އެވެ. އާއިލާގެ ފަރާތުން މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ކޮއްކޮ ގެއްލިފައިވަނީ އިއްޔެ ހެނދުނު އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލް ކައިރިން ކަމުގައެވެ.

އާއިލާގެ ފަރާތުން މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ފޭސްބުކްގައި ޝެއަރ ކޮށްފައިވާ ޕޯސްޓު

މަހުދީގެ ދައްތަ އައިމިނަތު އަރުޝީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވާގޮތުގައި މަހުދީ އިއްޔެ ކޮޗިން އަށް ގޮސްފައިވަނީ ބައިޕޯލާ ބަލީގެ ފަރުވާއަކަށެވެ. އޭނާއާއެކު ބައްޕަ އާއި ޅިޔަނަކު ދިޔަކަމަށްވެސް އަރުޝީ މައުލޫމާތު ދީފައި ވެއެވެ.

އޭނާވަނީ ގެއްލިފައިވާ މަހުދީ ފެނިއްޖަނަމަ ވީހާވެސް އަވަހަކަށް 7971667 ފޯނަށް ގުޅުއްވުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.