ބޮޑު އާބާދީއަކަށް ނަޝީދަށް ކާމިޔާބު ކުރެއްވުނީ ކުޅުދުއްފުށި ސިޓީ އެކަނި

ބޮޑު އާބާދީއަކަށް ނަޝީދަށް ކާމިޔާބު ކުރެއްވުނީ ކުޅުދުއްފުށި ސިޓީ އެކަނި

Author
ހުސެއިން
29 ޖެނުއަރީ 2023 10:12
0

އިއްޔެ ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ހުރިހާ ދާއިރާއެއްހގެ ވަގުތީ ނަތިޖާތައް މިހާރު އާންމު ކޮށްފައިވާއިރު، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތެރެއިން ނަޝީދަށް ކާމިޔާބު ކުރެއްވިފައިވަނީ ކުޅުދުއްފުށި ސިޓީ އެކަނިކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

މިގޮތުން، އެމްޑީޕީން މިހާރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮއްޓެއްގެ ވަގުތީ ނަޖީޖާ އިއުލާން ކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީގެ ޖުމްލަ ނަތީޖާއިން ދައްކާ ގޮތުގައި އެސިޓީގެ %53 ވޯޓު ނަޝީދަށް ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް އެ ސިޓީން ހޯއްދެވުނީ %47 ވޯޓެވެ.

އެހެންނަމަވެސް އެސީޓީން އެއް ދާއިރާއިންވެސް ނަޝީދަަށް ކާމިޔާބު ކުރެއްވުނީ އެއް ދާއިރާއެވެ. އެއީ އެސިޓީގެ އުތުރު ދާއިރާއެވެ. އެ ދާއިރާއިން ނަޝީދަށް %60 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް އެ ދާއިރާއިން ލިބިވަޑައިގެންނެވީ %40 ވޯޓެވެ. ކުޅުދުއްފުށި ދެކުނު ދާއިރާ ކާމިޔާބު ކުރެއްވީ ރައީސް ސާލިހެވެ. އެ ދާއިރާއިން ރައީސް ސާލިހު %55 ވޯޓު ކާމިޔާބު ކުރެއްވިއިރު ނަޝީދަށް ކާމިޔާބު ކުރެއްވުނީ %45 ވޯޓެވެ.

މުޅި ރާއްޖޭގައި ބޭއްވިގެން ދިޔަ މި އިންތިޚާބުގެ ޖުމްލަ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގައި ވޯޓު ލާފައިވާ 40،887 މީހުންގެ ތެރެއިން %61.1 ރައީސް ސާލިހު ކާމިޔާބު ކުރައްވާފައި ވެއެވެ. ނަޝީދަށް ކާމިޔާބު ކުރެއްވުނީ %38.9 ވޯޓެވެ. ރައީސް ސާލިހާއި ވާދަކޮށް މިއިންތިޚާބުގައި ނަޝީދު ބަލިވެފައިވަނީ ކުރިން ހީކުރެވުގެން ދިޔަ ގޮތާއި ޚިލާފަށް %22 ބޮޑު ތަފާތަކުންނެވެ.

ވަރަށް ވާދަވެރިކޮށް ކުރިޔަށްދިޔަ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުމާއި ހަމައަށްވެސް ގިނަ ބަޔަކު ލަފާ ކޮށްފައިވަނީ، ޚާއްސަކޮށް ރައްޖޭގެ ބޮޑެތި އަބާދީތަކުގައި ނަތިޖާ ނުކުމެގެން ދާނީ ވަރަށްވެސް ވާދަވެރިކޮށް ކަމުގައެވެ. އެހެންނަމަވެސް ބޮޑު އާބާދީއެއް ކުޑަ އާބާދީއެއް ތަފާތު ނުވެ، ބޮޑުތަފާތަކުން ރައީސް ސާލިހު ވަނީ ބޮޑެތި ގިނަ ސިޓީތައްވެސް ކާމިޔާބު ކުރައްވާފައެވެ.

މިގޮތުން، އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރި، މާލޭ ސިޓީން ރައީސް ސާލިހު %51 ވޯޓު ލިބިވަޑައިގެންނެވި އިރު، މާލޭ ސިޓީން ނަޝީދަށް ކާމިޔާބު ކުރެވުނީ %59 ވޯޓެވެ. އޭގެ އިތުރުން ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމުގައިވާ އައްޑޫ ސީޓީ ރައީސް ސާލިހު ކާމިޔާބު ކުރައްވާފައިވަނީ %52 ވޯޓު ހޯއްދަވައިގެންނެވެ. އައްޑޫ ސިޓީން ނަޝީދަށް ލިބިވަޑައިގެންނެވީ %48 އެވެ. މުޅި ހުވަދޫ އަތޮޅަށް ބަލާއިރު ގދ. އިން ރައީސް ސޯލިހު %59 ވޯޓު ހޯއްދަވާފައިވާއިރު، ނަޝީދަށް ލިބިވަޑައިގެންނެވީ %41 ވޯޓެވެ އެވެ. ގއ. އިން ރައީސް ސާލިހަށް %54 ވޯޓު ލިބިވަޑައިގެންނެވިއިރު ނަޝީދަށް ލިބިވަޑައިގެންނެވީ %46 ވޯޓެވެ.

އޭގެ އިތުރުން ފުވައްމުލަށް ސިޓީގެ ނަތީޖާވެސް ނުކުމެފައިވަނީ ނަޝީދަށް ކުރިން ހީކުރެވުނު ވަރަށްވުރެ ބޮޑު ނާކާމިޔާބިއަކާ އެކީއެވެ. ފުވައްމުލަކު ސިޓީން ރައީސް ސާލިހު %53 ކާމިޔާބު ކުރެއްވިއިރު މި ސިޓީން ނަޝީދަށް ކާމިޔާބު ކުރެއްވުނީ %47 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.