ރައީސް ސޯލިހުގެ ޓީމުގެ އެގްޒިޓް ޕޯލް: ރައީސް %67 ހޯއްދަވާނެ

ރައީސް ސޯލިހުގެ ޓީމުގެ އެގްޒިޓް ޕޯލް: ރައީސް %67 ހޯއްދަވާނެ

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެކްޒިޓް ޕޯލްތައް ދައްކާގޮތުން، ރައީސް ސާލިހަށް 64 އިންސައްތަ ވޯޓު ލިބޭނެ ކަމުގައި، އެމަނިކްފާނުގެ "އެމްޑީޕީ ކުރިއަށް" ކެޕްމޭން ޓީމުން ބުނެފިއެވެ.

"އެމްޑީޕީ ކުރިއަށް" ކެމްޕޭން ޓީމުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް ސާލިހު 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބުކުރައްވައިފި ކަމުގައެވެ. އަދި ޓީމުގެ ފަރާތުން ރައީސް ސާލިހަށް މަރުހަބާވެސް ދަންނަވާފައި ވެއެވެ.

އިންތިޚާބު %67 އިން ރައީސް ސާލިހު ކާމިޔާބު ކުރައްވާނެ ކަމަށް ކެމްޕޭން ޓީމުން ހާމަ ކޮށްފައިވާއިރު، އިންތިޚާބުގައި ނަޝީދުގެ އޭޖެންޓުކަން ކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކްޒިޓް ޕޯލްތައް ދައްކާގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް 64 އިންސައްތަ ވޯޓު ލިބޭނެ ކަމުގައެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ކެމްޕޭން ޓީމުތަކުން އެގްޒިޓް ޕޯލްތަކުގެ ނަތިޖާތައް ހާމަ ކޮށްފައިވާއިރު، މިއަދު ކުރިޔަށްދިޔަ ވޯޓުގައި ގިނަ ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް މިހާރުވަނީ ގުނަން ފަށާފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންތިޚާބު ކޮމިޓީގެ ޗެއަރމަން އިބްރާހިމް ވަހީދު ކުރިން ވިދާޅުވެފައިވަނީ، ކުރިން ހަމަޖެހިފައި ވާގޮތަށް 5:00 ގައި ހުރިހާ ވޯޓު ފޮއްޓެއް ބަންދު ކުރެވޭވަރު ނުވާނެ ކަމުގައެވެ. އެހެންނަަވެސް އޭނާ ވިދާޅުވީ ވޯޓު ފޮށިތަކުގެ 70 ޕަސެންޓު، ގަޑިއަށް ބަންދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު ވޯޓު ގުނަން ފަށާފައިވި ނަމަވެސް އަދި އެއްވެސް ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ.

މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމަރީގެ ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ ބޮޑެތި ހަމަނުޖެހުންތަކާއެކުއެވެ. އަދި އިންތިޚާބުގައި ވާދަ ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާފައެވެ.

އެހެންނަމަވެސް، މިއަދު ވޯޓު ލެއްވުމަށްފަހު ރައީސް ސާލިހު ވިދާޅުވެފައިވަނީ އިންތިޒާމްތައް ހަމަޖެހިގައި ހުރީ ވަރަށް ރަގަޅަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *