ބައެއް ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި

ބައެއް ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި

Author
ހުސެއިން
28 ޖެނުއަރީ 2023 05:43
0

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބައެއް ދާއިތާތަކުގައި ނިމި، ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދު ކުރާން ފަށައިފިއެވެ.

މިގޮތުން މިހާތަނަށް ބަންދު ކޮށްފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި މާލޭގައި ބެހެއްޓިފައިވާ އިހަވަންދޫ، ކެލާ އަދި ދިއްދޫގެ ވޯޓު ފޮށި ހިމެނެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އިންތިޚާބު ކޮމިޓީގެ ޗެއަރމަން އިބްރާހިމް ވަހީދު ކުރިން ވިދާޅުވެފައިވަނީ، ކުރިން ހަމަޖެހިފައި ވާގޮތަށް 5:00 ގައި ހުރިހާ ވޯޓު ފޮއްޓެއް ބަންދު ކުރެވޭވަރު ނުވާނެ ކަމުގައެވެ. އެހެންނަަވެސް އޭނާ ވިދާޅުވީ ވޯޓު ފޮށިތަކުގެ 70 ޕަސެންޓު، ގަޑިއަށް ބަންދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އޭނާ ވިދާޅުވެފައިވަނީ، މައްސަލަތައް ކުރިމަތިވި ނަމަވެސް، މެންދުރު ފަހުން، ހުރިހާ ފޮއްޓެއްގެ ވޯޓުލުން ވެސް ކުރިއަށްދާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.