މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައީ ހެނދުނު 9:00 އިންފެށިގެން ކުރިޔަށް ދާއިރު، ބައެއް ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިގަމުންދާކަމުގެ މައުލޫމާތު ލިބެމުން ދެއެވެ.
މިގޮތުން ވޯޓު ލުން ފެށިގެން ދިޔައިރު އިސްކަންދަރު ސްކޫލުގައި ހުރި ދުވާފަރު/އަލިފުށީ ފޮށީގެ ކައިރީގައިވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އަދި ފޮށީގެ ކައިރީގައި އުފެދުނު ހަމަނުޖެހުންތައް ހައްލު ނުވެ، ވޯޓު ލާން ނުފެށި ވަރަށް ބޮޑަށް ލަސްވެގެންވެސް ދިޔައެވެ.
އޭގެ އިތުރުން ތާޖުއްދީން ސްކޫލުގައި ހުރި ތިނަދޫ ދާއިރާގެ ވޯޓު ފޮށީގައި ވެސް ވަނީ މައްސަލަ ޖެހިފައެވެ. އެ ފޮށީގައި ޖެހުނު މައްސަލައަކަށްވީ އެކި ދާއިރާތަކުގެ ވޯޓު އެއް ފޮއްޓަކަށް ލާން ހަމަޖައްސާފައިވުމެވެ. އޭގެ އިތުރުން މާލޭގައި ބެހެއްޓިފައިވާ ގއ. ވިލިގިލީ ވޯޓު ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓު ލީކަމުގެ ތުހުމަތާއެކު އެ ފޮށީގެ ކައިރީގައިވެސް ވަނީ ހަމަނުޖެހުންތައް ހިނގާން ފަށާފައެވެ.
އެހެންނަމަވެސް، އައްޑޫ ސިޓީގައި މާބޮޑު ހަމަނުހުމަކާ ނުލާ ވޯޓުލުން ކުރިޔަށްދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސިޓީގައި ގިނަ ބަޔަކު ވޯޓު ލުމަށް ނުކުންނަމުން ދާކަމުގައިވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިއަދު 9:00 ގައި ވޯޓު ލާން ފެށުމަށް ހަމަޖެހިފައި ވިނަމަވެސް، ގިނަ ފޮށިތަކުގައި ވޯޓުން ފެށިގެން ގޮސްފައިވަނީ، ހަމަނުޖެހުންތައް އުފެދުމާއި ގުޅިގެން ވަރަށް ބޮޑުކޮށް ލަސްކޮށެވެ.
އިއްޔެ ހަވީރު ޕާޓީގެ ދެ ފެކްޝަނުންވެސް ފޯރިގަދަ ކެމްޕޭން ނިންމާލާފައިވާއިރު، ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ޞާލިހުވެސް ރައީސް ނަޝީދުވެސް ވިދާޅުވަމުންދަވާފައިވަނީ މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރްއްވަނެ ކަމުގައެވެ.
އެމްޑީޕީން ބުނެފައިވަނީ މިއަދު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 200އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިފައި ވާކަމުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިޚާބުގައި މޮނީޓަރުންގެ މީޑިއާތަކުންވެސް ހަރަކާތްތެރި ވާނެއެވެ. މިގޮތުން ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހަކަށް ކަމަށް އެމްޑޕީން ވަނީ ބުނެފައެވެ.
މިއިންތިޚާބުގައި ވޯޓުލާ އެމްޑީޕީގެ ވޯޓާސް ހިމެނެނީ އެޕާޓީގެ 57،257 މެމްބަރުންނެވެ.
ކޮމެންޓު ފޮނުވާ