ބަޔަކަށް ރަނގަޅުވާހާ ގޮތަކީ އަދި ޙައްޤު ގޮތަކަށް ނުވާނެކަމަށާ، ބަޔަކު ރުހުނަސް އަދި ނުރުހުނަސް ހައްޤުވާނީ ހަމަ ޙައްޤަށް ކަމަށް ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކީއްވެގެން ކޮންކަމަކާ ގުޅުވާފައިކަމެއް ނޭނގެއެވެ. އެހެންނަމަވެސް ފަހަކަށްއައިސް ނުސީކޮށް އެކިކަންކަމަށް އިޝާރާތްކޮށް އިމްރާން ޓްވީޓުކުރެއެވެ. އަދި މާނަފުން ބައެއް ޢިބާރަތްތަކާއި ޅެންބައިތުތައްވެސް ޓްވިޓުކުރެއެވެ.
Bayakah rangalhu vaahaa gothakee adhi “Hahq” eh nooneve.
Bayakah rangalhuviyas nuvatha nuviyas “Hahqu” vaanee hama Hahqasheve.— Imran Abdulla (@ShimranAb) January 28, 2023
އިމްރާންގެ މިޓްވީޓު އަމާޒުކުރެއްވީ ކޮންކަމަކަށްކަން ނޭނގުނަސް އޭނާއަކީ ރައީސް ޞާލިޙާއި ސަރުކާރު އޮތީ ޙައްޤުގެ މަގުގައިކަމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އަދި ވަރަށްބޮޑަށް ރައީސް ޞާލިޙަށް ތާޢީދުކުރައްވާ އެކި ފޯރަމްތަކުގައި ވާހަކަފުޅުދައްކަވާ ބޭފުޅެކެވެ.