އިދިކޮޅު ފަރާތްތަކުން އުޅެނީ ހަމަނުޖެހުން އުފައްދަން: މިއުވާން

އިދިކޮޅު ފަރާތްތަކުން އުޅެނީ ހަމަނުޖެހުން އުފައްދަން: މިއުވާން

Author
ޢަލީ އާދަމް
26 ޖެނުއަރީ 2023 02:01
0

މިސަރުކާރުން އޮންނާނީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ތައްމިނަށް ދީފައިކަމަށާ، އޭގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި އިދިކޮޅު ފަރާތްތަކުން އުޅެނީ ހަމަނުޖެހުން އުފައްދަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފްތާއަކު މިއުވާން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިހަފްތާގެ ބައްދަލުވުމިގައި އޭނާ ވިދާޅުވީ، ކޮންމެ ރަށެއްގައިވެސް ސަރުކާރަ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެހެންނަމަވެސް އަޚްލާޤީ މިންގަނޑުން ބޭރުން އިދިކޮޅު ފަރާތްތަކުން އަންނަނީ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް ހަޑިހުތުރު ބަސްމަގު ބޭނުންކުރަމުންކަމަށެވެ. މިއުވާން ވިދާޅުވީ ބައެއް ރަށްރަށުގައި ރައީސް ޞާލިޙް ބާއްވާ ޖަލްސާތަކުގައި ޤުރްއާން ކިޔަވާއިރުވެސް އިދިކޮޅު އަޑުގަދަކޮށް ލަވަޖައި ހަޅޭއްލަވާކަމަށެވެ. އަދި ކުޑަކުދިންވެސް ތިބޭ ތަންތާނގައި، ޓީވީތަކުން ދައްކައިފިނަމަ ފިޔަވަޅު އަޅާފަދަ ބަސްމަގު ބޭނުންކޮށް ވަރަށް އަޚްލާޤުދަށް ކަންކަން އިދިކޮޅުން ކުރަމުންދާކަމަށް މިއުވާން ތުހުމަތުކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ކޮންމެ ރެއަކު މާލޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ. މިމުޒާހަރާތަކުގައި މައިގަނޑުގޮތެއްގައި ގޮވާލަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާން ޙުކުމެއްކަމަށާ، އެޙުކުމް ބާޠިލްކުރުމަށެވެ. އަދި ސަރުކާރުގެތެރެއިން ކޮރަޕްޝަނާއި ފަސާދައިގެ އެތައްކަމެއް ހިނގާކަމަށް ތުހުމަތުކޮށް އެކަންކަމާދެކޮޅަށް އަޑުއުފުލައެވެ،

އަދި މީގެއިތުރުން މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގައި ރައީސް ޞާލިޙް ރަށްރަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެމަނިކުފާނުގެ ދަތުރުފުޅުތަކާ ދިމާކޮށް ރަށްރަށުގައިވެސް މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
އިދިކޮޅުއެކަންޏެއްނޫންއެއްލައްކަމީހުންގެކުރިމަތީއަގުވެއްޓިފައިހުރި އީސީސަރީފަކީ ސީދާރޭވުމަކުން އެމްޑީޕީގެވެރިކަންގެއްލުވައިލާހާޖާނުހަދަންޕާޓީއަށްވަދެހުރިމީހެކެވެ ސަރީފުދުލުންއެއްވެސްމީހެއްކައިރީތެދެއްބުނެފައެއްނީންނާނެ މުޅިންވެސްހަދާނީދޮގު މިކަންރައީސްސާލިހުވިސްނަވަންމަޖުބޫރުވެއްޖެ