ނަޝީދަކީ ރާއްޖޭގެ ފަސާދައިގެ ބައްޕަ: ޑރ.އިޔާޒް

ނަޝީދަކީ ރާއްޖޭގެ ފަސާދައިގެ ބައްޕަ: ޑރ.އިޔާޒް

Author
ޢަލީ އާދަމް
26 ޖެނުއަރީ 2023 08:34
0

ރައީސް މުޙައްމަދު ނަޝީދަކީ ފަސާދައިގެ ބައްޕަކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޢަރަބި ބަހުން ކުރެއްވި ޓްވީޓެއްގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ނަޝީދަކީ “أبو الفساد في المالديف” ކަމަށެވެ. މާނައަކީ ދިވެހިރާއްޖޭގެ ފަސާދައިގެ ބައްޕައެވެ.

އިޔާޒް މިހެން ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓުކުރާ އެކައުންޓުން ނަޝީދަށް ތައުރީފްކޮށް ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ. ހަސަން ކުރުސީ ބުނެފައިވަނީ ރައީސް ނަޝީދަކީ ރާއްޖޭގެ ގެސްޓްހައުސް ސިނާޢަތުގެ ބާނީ ޢަދި ބައްޕަ ކަމަށެވެ.

ޑރ.އިޔާޒަކީ ޢަބަދުވެސް ވަރަށްބޮޑަށް ނަޝީދަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތަނުދޭން ކުރެވެން އޮތް މަސައްކަތެއް ކުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވަން ނަޝިދު ނިންމެވުމާއެކު ޑރ.އިޔާޒުގެ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އިޔާޒާއި އޭނާގެ އަދާލަތު ޕާޓީން ތާޢީދުކުރަނީ ރައީސް ޞާލިހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.