އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭރިއަލް ފޮޓޯ

އަނެއްކާވެސް އައްޑޫން 500 ގޯތި

އަނެއްކާވެސް އައްޑޫން 500 ގޯތި

އަނެއްކާވެސް އައްޑޫ ސިޓީން 500 ގޯތި ދޭން ޢިއުލާންކޮށްފިއެވެ.

ރޭކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫން، މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ މީހުންނަށް ގޯތި ދޫކުރުމުގެ ފުރުސަތު ހުޅުވާލާ ކަަމަށެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 500 ގޯއްޗެވެ. އެއިން 450 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ ރަށްވެހުންނަށެވެ. ހިތަދޫ ފިޔަވައި އައްޑޫ އެހެން ރަށްރަށުގެ ރައްޔިތުންނަށް 50 ގޯތި ހާއްސަކޮށްފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ އައްޑޫސިޓީ ފޭދޫން ގޯތި ދޫކުރަންވެސް އިއުލާން ކޮށްފައެވެ. ފޭދޫއިން ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓުގެ 300 ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ކަމުގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ވާގޮތުން، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިގޮތުން މިފަހަރު ދޫކުރާ މި 300 ގޯތީގެ ތެރެއިން ފޭދޫ އަވަށަށް ޚާއްސަ ކޮށްފައިވަނީ ދޫކުރާ 90 އިންސައްތަ (270 ގޯތި)އެވެ. ބާކީ ހުރި 10 އިންސައްތަ (30 ގޯތި) ޚާއްސަކޮށްފައިވަނީ އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.

ގެޒެޓް ކޮށްފައިވާ އިއުލާން "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދުކުރުމުގެ އުޞޫލު" ގައި ވަނީ ގޯއްޗަށް ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު ފޭދޫ އަވަށު އޮފީހަށް ހުށަހެޅުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *