މުސްކުޅިންނަށް 5000 ރުފިޔާ ދޭންފެށީ ރައީސް ޞާލިޙުގެ ސަރުކާރުން: މަވޯޓާ

މުސްކުޅިންނަށް 5000 ރުފިޔާ ދޭންފެށީ ރައީސް ޞާލިޙުގެ ސަރުކާރުން: މަވޯޓާ

Author
ޢަލީ އާދަމް
24 ޖެނުއަރީ 2023 01:40
0

އުމުރުން 65 އަހަރުވެފައިވާ މީހުންނަށް 5000 ރުފިޔާގެ ޕެންޝަނެއް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދައުލަތުން ދުވަސް ވީ މީހުންނަށް ދޭ ޢިނާޔަތާ ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓުވީޓުގައި ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ މުސްކުޅިންނަށް ޕެންޝަން ދޭން ފެށީ، މަޖިލީހުން ފާސްކުރި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކަމަށެވެ. އެއީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ހުށަހެޅި ބިލެއްކަމަށާ، އެހަޤީޤަތް އޮޅުވާލަން ބަޔަކު ވަރަށް މަސައްކަތްކޮށްފިކަމަށެވެ. އަދިވެސް އެކަން މިހާރުވެސް އެބަޔަކު އަންނަނީ ކުރަމުންކަމަށް މަވޯޓާ ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި ޤާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ފުރަތަމަ ދޭންފެށީ 2000 ރުފިޔާކަން ފާހަގަކުރައްވައި މަވޯޓާ ވިދާޅުވީ އެޢަދަދު 5000 ރުފިޔާއަށް ބަދަލުކުރެއްވީ ރައީސް ޞާލިޙުގެ ސަރުކާރުންކަމަށެވެ.

ޕެންޝަން ޤާނޫނުގެ ދަށުން ޢުމުރުން ދުވަސްވީމީހުންނަށް ދެމުންއައި 2000 ރުފިޔާ 5000 ރުފިޔާއަށް ބަދަލުކުރުމަކީ ރައީސް ޔާމީންގެ 2013ވަނަ އަހަރުގެ ރިޔާސީ ވަޢުދެކެވެ. އެވަޢުދު އެމަނިކުފާނު ވެވަޑައިގަތީ އެއަހަރު ދައުލަތުގެ މީޑިއާއިން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަޙުސްގައި ދަރުބާރުގޭގައެވެ.

އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ޔާމީން ވަނީ އެވަޢުދު ފުއްދަވައި މުސްކުޅިންނަށް 5000 ރުފިޔާ ދެއްވަން ފައްތަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކާމިލް
ޙުސް ދޮގުހަދާ މީހެއް
ވ ވޯޓާ
ކަލޭގެއަމާދުނިޔޭގަހުރިތަަ ހުރެއްޖެއްޔާގޮއްސައަހާލަބަލަަ 5000ރުފިޔާލިބޭތާާ ކިހާދުވަހެއްވެއްޖެތޯޯ ކަލޭމާއުމުރުންް ހަގުވީމާނޭގެނީީ ކަމައްލަފާކުރެވެނީީ އަދިި ހަމަފެނޭޭ ޑޮކްޓަރަކައްދައްކައިގެންް އުމުރުންް ދުވަސްވީމީހުންނައްް ދޭފަރުވާތައްް މިހާރުންމިހާރައްފައްޓާންް ނޫނީީ ފަންޑިތަހަދާމީހުންގެެ ލަފާހޯދުންް އަވަސްކުރޭކަލޭތިހުރީމޮޔަވެފަަ ދުނިޔޭގެެ އަމިއްލައެދުމައްް
ތަކެތި މިހާ އަގު ބޮޑު އިރު ތި ބުނާ 5000 ރ އަކުން ނުވޭ . 10000 ރ އަށް ބޮޑު ކުރަން ވީ .
ވ ވ
ތިވަރައް ދޮގުނެހެދިއްޔާ މަގާމުގެއްލެނީތަ.ނޫނީ ރިޒުގުގެ ދޮރު ބައްދުވަނީތަ ދޮގުގެ ސަރުދާރު