އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރާ މީހުންނާ ދިމާކޮށް ޕާޓީގެ އުސޫލުތައް މުގުރަމުންދާ މަންޒަރު ފެންނަ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު އޭނާގެ ދާއިރާގެ ތުޅާދޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ޕީޕީއެމްއާއި، ރައީސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ވެގެން މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ނާޝިޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީތަކުގައި އަބަދުވެސް ކުރަނީ ވާދަވެރި ކެމްޕެއިނެއް ކަމަށެވެ. އެކަމަކު ދުވަހަކު ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ތަކަކީ ވާދަވެރި ކެމްޕެއިނެއް އަބަދުވެސް ކުރާބައެއް. އެކަމަކު ދުވަހަކުވެސް ހަމަނުޖެހުން ނަގާލާކަށް މަސައްކަތް ނުކުރޭ. އެކަމު މިއަދު މި ފެނުނީ ރައީސަށް ކެމްޕެއިން ކުރާ މީހުންނާއި ދިމާކޮށް މި އުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާތަން.
– ރައީސްގެ ކެމްޕެއިން މެނޭޖަރު ނާޝިދު ވިދާޅުވިއެވެ.
މިއަދުގެ ހަމަނުޖެހުމާއި ގުޅިގެން ނާޝިދު ވިދާޅުވީ މިއީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ވާދަވެރި ކެނޑިޑޭޓަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުންދަނީ ހަމަނުޖެހުން ހިންގުމަށް ކަމަށާއި، މިފަދަ ކަންކަން އެއްވެސް ވަރަކަށް ބަލައި ނުގަނެވޭނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.
އައްޗީޑި! މިކަހަލަ ކަންކަމަށް ހިތްވަރުދީ މި ކެމްޕެއިންގައި ހަމަ ނުޖެހުމަށް ހިތްވަރު ދިނުން ހާދަ ހަޑިއޭ. ވާދަވެރި ކެނޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން މިފަދަ ނާހަހުޒީބު ފިނޑި އަމަލުތަކަށް ހިތްވަރު ދީ މިކަންކަން ޕްރޮމޯޓް ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
– ނާޝިދު ވިދާޅުވިއެވެ.
Ahcheedi! Mikahala kan kamah hiyvaru dhee mi campaign ga hama nujehumah hiyvaru dhinun haadha hadi ey. Vaadhaveri candidate ah thaaedhu kuraa MDPge memebrun mifadha naathahuzeebee finidi amalu thakah hiyvaru dhee mikan promote kurun harukashi ibaaraathun kuhveri kuran https://t.co/7zxgf53113
— Mohamed Nashiz (@Mnashiz) January 22, 2023
އެ ރަށަށް ހިސާން ވަޑައިގެންނެވުމުން މުޒާހަރާކުރަން ފެށުމުން މެގަ ފޯނުތައް ވެސް ފުލުހުން ވަނީ އަތުލައިފައެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވެސް ހިސާންގެ ހިމާޔަތުގައި ކަމަށް ބުނެ ތުޅާދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ހިސާންއަކީ ކުރިން ނަޝީދުގެ ލީގަލް ސެކެރެޓްރީއެވެ. އަދި ރައީސް ނަޝީދާ އެންމެ އަރިސް އެއް ބޭފުޅާއެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ދުވަސް ވަރު ވަނީ ރައީސް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއިދު ކުރައްވާކަން ފާޅުގައި ހާމަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލުގެ ކެމްޕޭންގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.
ހިސާން ނިސްބަތްވެ ވަޑައިގަންނަވަނީ ބ. ހިތާދޫ އަށެވެ. އަދި ނިމިގެން ދިޔަ ދައުރުގެ މަޖިލިސް އިންތިހާބުގައި ހިތާދޫ ހިމެނޭ އޭދަފުށީ ދާއިރާއަށް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ނުކުރެއްވުމުން މި ހިނގާ މަޖިލިސްގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވައިގެން ހޮވިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ