އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގައި ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ވޯޓުލާން ހުޅުވާލާފައިވާއިރު، މިހާރުވެސް ގިނަބަޔަކު ދަނީ ވޯޓު ދެމުންނެވެ. މިފައިނަލް އަޝްފަޤަށް ކަމިޔާބުކޮށް ދިވެހިން ފަޚުރުވެރުކޮށް ލުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އެމީހަކަށް ވީ ވަރަކުން ވީހާވެސް ގިނަ ވޯޓެއް ދެއްވުމަކީ މުހިންމު ކަމެކެވެ.
ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައ ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.
ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.
އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
ބަރްކެޓް ޗެލެންޖުގެ ފައިނަލް މިއަދު ފަށާއިރު، އާދީއްތަ ދުވަހާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 5 ދުވަހުގެ ތެރޭގައި ވޯޓް ލުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ގިނަ ދުވަސްތަކެއްކަމަށް ދެކި ފަހު ދުވަހު ނޫނީ ފަހު ވަގުތު ވޯޓު ދިނުމަށް ލަސްނުކޮށް ވޯޓުލާން ހުޅުވާލާ ވަގުތުން ފެށިގެން އަޝްފާގު ކުރީގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދުން ފެށިގެން އާދީއްތަ ދުވަހާއި ހަމަޔަށް ވޯޓްލައި ނިމެންދެން އެއްވާނެއްގައި ހިފަހައްޓާލެވިއްޖެނަމަ މިއީ އަޝްފާޤާއިއެކު ދިވެހިން ފަހުރުވެރިވާނެ ފަރަކަށް ވާނެއެވެ.