ހޯރަފުށީ ކައިރިން މިއަދު ކިނބުލެއް ފެނިިއްޖެއެވެ.
އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައި ވާކަމުގައެވެ.
ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/tgAtKNawju
— Maldives National Defence Force (@MNDF_Official) January 21, 2023
ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަހަކަށް ދޭތެރެ ދޭތެރެއިން ދަނީ ކިނބޫ ފެންނަމުންނެވެ. މިގޮތުން ކ. ބޮލިދުއްފަރު ކައިރިން މި މަހުގެ 12 ވަނަ ދުވަހު ވެސް ކިނބުލެއް ފެނިފައިވެ އެވެ.
ސިފައިން ވަނީ އެ ކިނބޫ ހިފުމަށްފަހު، އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފަ އެވެ.