ޖިހާދު ކުރުމަށްވުރެވެސް މާތްކަން ބޮޑީ މައިންބަފައިނަށް ޚިދުމަތް ކުރުން: ޚުޡުބާ

ޖިހާދު ކުރުމަށްވުރެވެސް މާތްކަން ބޮޑީ މައިންބަފައިނަށް ޚިދުމަތް ކުރުން: ޚުޡުބާ

Author
ހުސެއިން
20 ޖެނުއަރީ 2023 01:22
0

اللهގެ ދީން ކުރިއެރުވުމަށްޓަކާ ޖިހާދު ކުރުމަށްވުރެވެސް މާތްކަން ބޮޑީ، މައިންބަފައިންނަށް ޚިދުމަތް ކުރުން ކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ އަދުގެ މުޖުތަމަޢުން ފެންނަމުންދާ މަންޒަރަކީ ހިތާމަހުރި މަންޒަރެއް ކަމުގައެވެ. މިގޮތުން ބައެއް ދަރިން، އެކުދިންގެ މައިންބަފައިން އުމުރުން ދުވަސް ވުމުން ދޫކޮށްލާކަމުގައި ޚުޡުބާގައި ވިދާޅުވެފައިވެއެވެ.

ފެންނަމުން ދަނީ އެމީހުން ބަލަހައްޓަން ބޭނުން ނުވާ މަންޒަރެވެ. އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން، ކައިބޮއި އުޅޭއިރު، ދަރިން އުފަލާއި އަރާމުގައި އާއިލާއާއެކު އުފާކުރާ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެކެވެ. ކަނޑައެޅިގެން ޙަރާމް ކަމެކެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ބަޔާން ކުރި ގޮތުގައި ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ލަހައްޓަވާއިފިނަމަ އުމުރުން ދުވަސްވެ، މުސްކުޅި އުމުރާއި ކުރިމަތިލާން ޖެހޭނެކަން ހަދާން ކުރަން ޖެހޭނެއެވެ. މިގޮތުން ތިމާގެ ހަޔާތުގައި، މަންމަ ނުވަތަ ބައްޕަ، އުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ހާލުގައި، އެމީހުންނަށް އެހީތެރިވެ އަޅައިލުމަކީ، ކޮންމެ ދަރިއެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ.

އެ ހާލުގައި އެމީހުންގެ ފުށުން ކުރިމަތިވާ އުދަގޫތަކަށް ކެތްތެރިވާން ވާނެއެވެ. އެބައި މީހުންނާއި މުޢާމަލާތު ކުރަންވާނީ އޯގާތެރިކަމާއެކުއެވެ. ތިބާގެ އެއްވެސް އާރެއް ބާރެއް ނެތް ދުވަހު މައިންބަފައިން އެބައި މީހުންގެ އުފަލާއި އަރާމު ޤުރުބާންކޮށް ތިބާއަށް ކާންބޯން ދީ ބަލަހައްޓައި އޯގާތެރިވީ ފަދައިންނެވެ.

މައިންބަފައިންގެ ހައްގުތައް ބަޔާން ކުރަމުން ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އިތުރަށް ޚުޡުބާގައި ވިދާޅުވި ގޮތުގައި މައިންބަފައިންނަކީ ޢައިރު މުސްލިމުން ކަމުގައިވި ނަމަވެސް އެމީހުންނަށް ކަމޭހިތަން އިސްލާމްދީންވަނީ އަމުރު ކޮށްފައެވެ. މިގޮތުން ޢައިރު މުސްލިން މަންމަ ނުވަތަ ބައްޕަ، ދަރިންގެ ކިބައިން އިސްލާމް ދީން ދޫކޮށްލުމަށް އެދެފިނަމަ އެކަން ނުކުރުމަށާއި، އެފަދަ ކަމަކާ ހުރެވެސް އެބައި މީހުންނަށް އިހާނާތްތެރިކޮށް ނުހިތުމަށް އިސްލާމްދީން އަންގަވާފައިވާކަމަށްވެސް މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އޭގެ ބަދަލުގައި އެބައި މީހުންނަށް އެބައި މީހުންނަށް އޯގާތެރިކޮށް ހިތައި، އެބައި މީހުންނާއިއެކު ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށް އިސްލާމް ދީން ވަނީ އަހަރެމެންނަށް އަންގަވާފައެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.