"ދްރިޝްޔަމް 2″ އެމެޒޯން ޕްރައިމަށް

"ދްރިޝްޔަމް 2″ އެމެޒޯން ޕްރައިމަށް

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދްރިޝްޔަމް 2″ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

2015 ވަަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ދްރިޝްޔަމް"ގެ ދެވަނަ ބައި ކަމުގައިވާ "ދްރިޝްޔަމް 2″ އަކީ ވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ. ބެލުންތރިންގެ ބޮޑޫ މަގުބޫލު ކަމެއް ލިބުން މި ފިލްމް އަދިވެސް އަންނަނީ ސިނަމާގައި ހިންގަމުނެވެ.

މީ ފިލްމުގެ ދެވަނަ ބައި ކަމަށްވާތީ، ވާހަކަ ކުރިއަށް ގެންގޮސްފައި ވަނީ، ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ. މި ފިލްމް ގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ މި ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އެގޮތުން ފިލްމުގެ ލީޑުން އަޖޭ ދޭވްގަން، ޝްރިޔާ ޝަރަން، ތައްބޫ، އިޝިތާ ދަތުގެ އިތުރުން އަކްޝޭ ކަންނާ ވަނީ ފިލްމް އިން ފެނިގެން ގޮސްފައިއެވެ.

މި ފިލްމަކީ ލޯބިވެރިޔާގެ ފަރާތުން ކުރިމަތިވާ ފުރައްސާރައަކާ ގުޅިގެން އަންހެން ކުއްޖެއްގެ އާއިލާ އިން، ލޯބިވެރިޔާ މަރާލައި އޭނާ ފޮރުވަން ކުރާ މަސައްކަތް ދައްކުވައިދިން ފިލްމެކެވެ.

ކުރީގެ ފިލްމު 2020 ގައި މަރުވި ނިޝިކާންތު ކަމަތު ޑައިރެކްޓްކުރި އިރު، އާ ފިލްމު ޑައިރެކްޓްކުރީ އަބީޝެކް ޕަޓަކް އެވެ. "ދްރިޝްޔަމް" އަކީ ހަމަ މިނަމުގައި 2013 ވަނަ އަހަރު ނެރުނު މަލަޔާލަމް ފިލްމެއްގެ ރިމޭކެކެވެ. މަލަޔާލަމް ބަހުން ވަނީ މީގެ ދެވަނަ ބައެއްވެސް 2020 ވަނަ އަހަރު ގެނެސްދީފައެވެ.

ކްރައިމް ތުރިލާ ޖޯންރާގެ "ޑްރިޝަމް 2″ އަށް މިހާތަނަށް ބޮކްސް އޮފީހުގައި 342.29 ކްރޯޑް ރުޕީސް (18.5 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. ފިލްމު ހެދީ އެންމެ 50 ކްރޯޑް ރުޕީސް (6.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *