ދޮންނަ މެޝިނެއްގެ ތެރޭގައި އޮއްވާ ފެނުނު ކުޑަކުއްޖެގެ މަރުގެ ތަހުގީގު ފްރާންސްގައި ފަށައިފި

ދޮންނަ މެޝިނެއްގެ ތެރޭގައި އޮއްވާ ފެނުނު ކުޑަކުއްޖެގެ މަރުގެ ތަހުގީގު ފްރާންސްގައި ފަށައިފި

Author
ހުސެއިން
14 ޖެނުއަރީ 2023 10:10
0

ފްރާންސްގެ އާއިލާއަކުން ގޭގައި ބޭނުން ކުރަމުންދިޔަ ދޮންނަ މެޝިނެއްގެ ތެރޭގައި އޮއްވާ ފެނުނު 3 އަހަރުގެ ކުޑަކުއްޖެއްގެ މަރުގެ ތަހުގީގުގެ ފްރާންސްގެ ޕެރިހުގެ އޮތޯރިޓީތަކުން ފަށައިފިއެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުކުރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، މި ކުޑަކުއްޖާ ފެނިފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިސްގެ އިރު އުތުރުގައި ހުރި ގެއެއްގައި ދޮންނަ މެށިނެއްގެ ތެރެއިން ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

މި ކުއްޖާގެ މަރުގެ ތަހުގީގު ކުރަމުންދަނީ ކުޑަކުދިންގެ ރައްކާތެރިކަމާބެހޭ ޚާއްސަ ޔުނިޓަކުންނެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި ހާދިސާއި ގުޅުންހުރި އިތުރު ތަފްސީލްތައް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކުއްޖާ ދޮންނަ މެޝިންތެރެއިން ފެނިފައިވަނީ ދިރި އޮއްވައެވެ. އަދި ކުއްޖާ ފެނިފައިވަނީ ކުއްޖާގެ ބައްޕައަށާއި އަދި އެހެން މީހަކަށް ކަމަށާއި، އެހެންނަމަވެސް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް ކުއްޖާ މަރުވެފައިވާކަމަށްވެސް ފްރާންސްގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.