ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޑުއަށް!

ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޑުއަށް!

Author
ޢަލީ އާދަމް
12 ޖެނުއަރީ 2023 09:00
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވަން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއަދު ހަވީރު އެމަނިކުފާނު ފުރާވަޑައިގަންނަވާނެކަމަށް ޚަބަރު ލިބެއެވެ.

އަދި މިދަތުރުފުޅުގައި ފުލުހުންގެ އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެޑައިގަންނަވާނެކަމަށް މަޢުލޫމާތުލިބެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.