ކަނޑު އޮތްގިރި ބަނދަރުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

 

ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިއްޖެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައި.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯގެ މަސް ބަންދުކުރާ ފެކްޓްރީތައް ހަދާފައިވާ ކ.ކަނޑު އޮތްގިރީގައި ތަރައްޤީ ކުރާ ބަނދަރުގެ 40 އިންސައްތަ މަަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ކަނޑު އޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާއިރު، ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.

މިބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކަނޑުއޮތް ގިރީގައި މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރުތަކަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މިމަޝްރޫޢާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ. މި މަޝްރޫއަށް 36.13 މިިލިއަން ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *