އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް 28 ޖެނުއަރީ 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސާލިހުގެ ކެމްޕޭން ހޭޝްޓެގް ބޭނުން ކޮށްގެން ޕީއެސްއެމްއިން ސޯޝަލް މީޑިއާގައި ޓުވީޓުތަކުގައި ބޭނުން ކޮށްފައިވާތީ، ރައީސް ސާލިހުގެ ކެމްޕޭނަށް ހިތްވަރު ދޭގޮތަށް، ކެމްޕޭން ހޭޝްޓެގް ބޭނުން ކުރުން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ކުށްވެރި ކޮށްފިއެވެ.
މިނިވަން އިންސާފްވެރި އަދި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 46 އަދި 47 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ ޕާޓީއެއްގެ ފައިދާއަށްޓަކާ ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައެވެ. އަދި މިފަދައިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ، އިންތިޚާބެއްގެ ނަޒާހަތްތެރިކަން ގެއްލި، ވޯޓު ލާފަރާތްތަކަށް ނުފޫޒުން އެއްކިބާވެތިބެ މިނިވަންކާމާއެކު ކެނޑިޑޭޓެއް އިޚްތިޔާރު ކުރުމުގެ ހައްގަށް ބުރޫ އަރާ ކަމެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.
PRESS STATEMENT: Transparency Maldives calls on the State to stop the abuse of State resources and uphold the integrity of election and ensure a free and fair electoral process.
Read Statement here: https://t.co/RIoRpxwCJY@presidencymv @psmnewsmv @ibusolih @MDPSecretariat pic.twitter.com/xWsn6b7nTi
— Transparency MV (@TransparencyMV) January 8, 2023
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މިސަރުކާރު ވެރިކަމަށް އައީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތެއް އެކުލަވާލާ، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުމަށް ވައުދު ވުމަށްފަހުގައި ކަމަށާއި، އެހެންނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށްފަހު ބޭއްވުނު ކޮންމެ އިންތިޚާބެއްގައިވެސް ފެނިގެން މިދަނީ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވިގެންދާތަން ކަމުގައެވެ.
ޓްރާންޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވަނީ، އިންތިޚާބުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް ކުރާންޖެހޭ ދެކަމެއް ފާހަގަ ކުރައްވާފައެވެ. އެކަންތައްތަކަކީ:
- ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުން އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލުމާއެކު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން މި ގާނޫނު ފުރިހަމަޔަށް ތަންފީޒު ކުރާން ފެށުން.
- އިލެކްޝަންސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، އެޓާރނީ ޖެނެރަލްގެ އޮފީސް އަދި ދިވެހު ފުލުހުންގެ ޚިދުމަތް ފަދަ ކަމާއި ގުޅޭ ދައުލަތުގެ މުވައްސަސާތަކުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުން.
ކޮމެންޓު ފޮނުވާ