ދެމީހުން އެކުގައި އައު އަހަރު ފާހަގަކޮށް ރަޝްމިކާ އާއި ވިޖޭ ރައްޓެހި ވެގެން އުޅޭކަން ކަށަވަރު ކޮށްދީފި

ދެމީހުން އެކުގައި އައު އަހަރު ފާހަގަކޮށް ރަޝްމިކާ އާއި ވިޖޭ ރައްޓެހި ވެގެން އުޅޭކަން ކަށަވަރު ކޮށްދީފި

ޒުވާން އަންހެން ކުދިންގެ ހިތްތަކުގެ ރާޖާ އާއި ޒުވާން ފިރިހެން ކުދިންގެ ހިތްތަކުގެ ރާނީ ކަމުގައިވާ ސައުތުގެ މަޝްހޫރު ދެތަރިން ކަމުގައިވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރު ކޮށްދީފިއެވެ.

މިދިއަ އަހަރުގައި މީޑިއާއިން އެންމެ ބޮޑަށް ދެއްކި އެއްވާހަކަ އަކީ އެދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށާއި ދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށެވެ. ނަމަވެސް މިވާހަކަ ތަށް މިދެތަރިން ކުރެ އެއްވެސް ތަރިއެއް އެދެވޭ ސިފައެއްގައި ޖަވާބުދީފައިއެއް ނުވެއެވެ.

އެދެމީހުން ރައްޓެހިވެގެއް އުޅޭ ކަން މިހާރު މިވަނީ ކަށަވަރު ވެފައިއެވެ. އެގޮތުން އެމީހުންގެ ގުޅުން ފަޅާ އެރީ އައު އަހަރު ފާހަގަ ކުރުމަށް ދެމީހުން ސިއްރުން ރާްޖެ އައި ކަން އެނގުމާއި އެކުގައިއެވެ. މިދަތުރުގެ ވާހަކަ ދެމީހުންވެސް ވަރަށް ބޮޑަށް ސިއްރު ކުރިއެވެ.

ނަަމަވެސް އައު އަހަރަށް ރާއްޖެ އަށް ކުރި މިދަތުރާއި އެކުގައި އެދެމީހުންގެ ލޯބީގެ ސިއްރު ގުޅުމް މިވަނީ މުޅި ދުނިޔެއަށް ހާމަވެފައިއެވެ. އެމީހުން ދަތުރު ސިއްރު ކުރުމަށް އެއެވެސް ސޯޝަލް މީޑީއާ އެކައުޓެއްގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަށް ހިއްސާކޮށްފައިއެއް ނުވެއެވެ. އަދި ހަމަ އެހެންމެ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓްވެސް ހާމާކޮށްފައެއް ނުވެއެވެ.

ނަމަވެސް ވަކިވަކިން ސޯޝަލް މީޑީއާ އަށް ދޫކޮށްލި ފޮޓޯތަށް އެދެމީހުން ގެ ފޭނުން ވަނި އަޅާ ކިޔައި ކޮލާޖް ހަދައި އެމީހުން ތިބީ އެއްތަނެއްގައި ކަން ކަށަވަރު ކޮށްދީފައިއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ދެމީހުން ސްވިމިންގް ޕޫލްގައި ނަގާފައިވާ މި ފޮޓޯއެވެ.

އެފޮޓޯގެ އިތުރުން ރަޝްމިކާ ވަނީ ލައިވް ސެޝަން އެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ލައިވް ސެޝަންގައި ބެކްގްރަައުންޑްއިން ވިޖޭ ވާހަކަ ދައްކާ އަޑު އިވޭ ކަމަށްބުނެ މިހާރު ސޯޝަލް މީޑީއާގައި އަންނަނީ މި ވީޑިއޯގެ ކްލިޕް އެއް ދައުރުވަމުންނެވެ.

އެމީހުން ރައްޓެހިވެގެން އުޅޭކަން އިއުލާން ކުރުމަކީ މިހާރު އެދެމީހުންގެ ފޭނުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތަށް ކަމަށް މި ފޮޓޯތަކަށް ކޮމެންޓް ކުރި މީހުން އަންނަނީ ބުނަމުންނެވެ.

ރަޝްމިކާ އާއި ވިޖޭ އެންމެ ފުރަތަމަ ބައްދަލުވީ ފިލްމް "ޑިއާ ކޮމްރެޑް" ކުޅުނު ދުވަސްވަރުގައިއެވެ. މި ކާމިޔާބު ފިލްމް އާއި އެކުގައި އެމީހުންގެ ލޯބީގެ ގުޅުންވެސް ދިއައީ ކުރިއަށެވެ. ރަޝްމިކާ އަކީ މިހާރު ސައުތުގެ އިތުރުން ބޮލީވުޑްގައިވެސް މަޝްހޫރު ނަމެކެވެ. އަނެއްކޮޅުން ވިޖޭ ވަނީ އޭނާގެ ބޮލީވުޑް ޑެބިއު މިދިއަ އަހަރުގައި ދީފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *