ޝުޖާއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

ޝުޖާއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

ގުޅުންހުރި

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ސޯޝަލް މީޑިއާގައި މީހަކު މަރުގެ އިންޒާާރު ދިން މައްސަލަ ބަލައިދިނުމަށް އެ ޕާޓީންއެވެ.

ޝުޖާއުއަށް އިންޒާރު ދިނީ ދައުލަތުގެ މީޑިއާއިން ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ކުރާތީ އެ މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އޭނާ ކުރި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓަށް ކުރި ރިޕްލައިގައި އެ އެކްޓިވިސްޓު ވަނީ އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް ބުނެ ސައިޒުވުމަށް ޝުޖާއަށް އިންޒާރު ދީފަ އެވެ. އަދި ބޮލަށް ވަޅިޖެހިދާނެ ކަމަށް ބުނެފައިވެއެވެ.

ޕީއެންސީ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިމެނޭ އިދިކޮޅުު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝުޖާއު ކުރި ޓުވީޓަކަށް ރިޕްލައި ކުރި މީހަކު އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

އެ ކޯލިޝަނުން ވަނީ ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އޭނާއަށް ރައްކާތެރިކަން ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފަ އެވެ. އަދި އެކަމުގެ ފަހަތުގައި ހުރި މީހަކު ހޯދާ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެއެވެ. އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރައްސާރަކޮށް މިފަދަ އިންޒާރުތައް ދޭ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އެއީ ފަރުވާކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. ޝުޖާއު އަކީ ޕީއެންސީ އަދި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ