ޕެލޭއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

ޕެލޭއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

ފާއިތުވެދިޔަ ހަފްތާގައި، ކެންސަރު ބައްޔަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ، ބްރެޒިކްގެ ފުޓުބޯޅަ ތަރި ޕެލޭއަށް އިހުތިރާމް އަދާކުރުމަށް އެގައުމުގެ އެތައްހާސް ބަޔަކު އެއްވެއްޖެއެވެ. ޕެކޭގެ ހަށިގަޑު އާންމުންނަށް ދައްކާލުމަށްޓާކާ ބޭއްވިފައި އޮތީ އޭނާގެ ކުރީގެ ކުރަބު ކަމުގައިވާ ސަންޓޯސްގެ ސްޓޭޑިއަމްގައެވެ.

ޕެލޭގެ ސަންދޯއް ބޭއްވިފައިވަނީ ބްރެޒިލްގެ ސައުޕޯލޯގެ އާބަނޯ ކަލްޑީރިއާ ސްޓޭޑިއަމްގެ، ދަނޑުގެ މެދުގައެވެ. މި ސްޓޭޑިއަމަށް ވަނުމަށް ސްޓޭޑިއަމްގެ ބޭރުގައި، ފެލޭއަށް ތާއީދުކުރާ އެތައްހާސް ބަޔަކުވަނީ ކިއު ހަދާފައެވެ.

ޕެލޭގެ ޖަނާޒާ އާއިލާގެ މީހުންނާއެކު ބޭއްވުމުގެ ކުރިން ގެންދިއުމަށް ހަމަޖެހިފައިވަނީ، ސަންޓޯސް ސިޓީގެ މަގުތަކުން ދަތުރު ކޮށްފައެވެ.

ޕެލޭއަށް އިހުތިރާމް އަދާކުރުމަށް ފޭނުން ކިއު ހަދައިގެން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ދެކޭ ޕެލޭ ނިޔާވެފައިވަނީ، 2021ވަނަ އަހަރުންފެށިގެން އޭނާ ފަރުވާހޯދަމުން އައި ބޮޑު ގޮހޮރުގެ ކެންސަރު ބަލީގައެވެ.

ޕެލޭ ނިޔާވުމާއި ގުޅިގެން ބްރެޒިލްގައިވަނީ 3 ދުވަހުގެ ހިތާމަ ފާޅުކުރުން އިއުލާން ކޮށްފައެވެ. އަދި ފާއިތުވެދިޔަ ހަފްތާގައި އެގައުމުގެ ރައީސްކަމުގެ ހުވާކުރެއްވި، ލުއިޒް އިނާސިއޯ ލޫލާ ޑިސިލްވަރ، ޕެލޭއަށް އެންމެ ފަހުގެ އިހުތިރާމް އަދާ ކުރުމަށްޓަކާ ސަންޓޯސް ސިޓީއަށް މިއަދު ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވަނީ ޕެލޭއަށް އިހުތިރާމް އަދާ ކުރުމަށްޓަކާ ހޯމަދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ޕެލޭގެ ނަމުން ކޮންމެވެސް އެއް ސްޓޭޑިއަމްއަކަށް ނަން ދިނުމަށް އަހަރެމެން އެދޭންނަ،" މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ފީފާގެ ރައީސް ވިދާޅުވެފައި ވެއެވެ.

ޕެލޭގެ ސަންދޯއް ހޯމަދުވަހު ސްޓޭޑިއަމްއަށް ގެންދެވުނުއިރު މަގުތަކަށް ވަނީ އެތައްހާސްބަޔަކު ޖަމާވެފައެވެ. އަދި ސަންދޯއް އުފުލުމުގައި އެގައުމުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ޒީ ރޮބާޓޯއާއި ޕެލޭގެ ދަރިފުޅު އެޑިންހޯ ވަނީ އެހީތެރިވެދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *