ޖޫރިމަނާކުރަން ނިންމުމާއެކު ޞައްޙަ ނޫން ފޯމް ހުށައެޅުން މަދުވެއްޖެ

ޖޫރިމަނާކުރަން ނިންމުމާއެކު ޞައްޙަ ނޫން ފޯމް ހުށައެޅުން މަދުވެއްޖެ

Author
މުޙައްމަދު ޖިމީ
02 ޖެނުއަރީ 2023 02:29
0

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމަށް ފޯމަށް ގެނައި ބަދަލާއި ގުޅިގެން، އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުން ބޮޑުތަނުން މަދުވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އައު ފޯމަށް ޢަމަލުކުރަން ފެށީ ނޮވެމްބަރު މަހުގެ 15އިން ފެށިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކޮމިޝަނަށް ވަނީ އެކި ޕާޓީތަކުން 22،398 ފޯމު ހުށަހަޅާފައެވެ. އަހަރު ނިމޭކޮޅަކީ ގިނަ ޕާޓީތަކަށް މީހުން ވައްދާ ދުވަސްކޮޅެކެވެ. ނަމަވެސް ފޯމަށް ގެނާ ބަދަޅާއެކު ޞައްޙަ ނޫން ފޯމް ހުށައެޅުން މަދުވެފައިވާކަމަށް އީސީން ބުންޏެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 1013 ފޯމެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާ ބަލާއިރު، 22 ގުނަ މަދު އަދަދެއްކަމަށް އެކޮމިޝަނުން ބުންޏެވެ.

 

އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުމެވެ. މިހާރު ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ހެކިންގެ ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހުމެވެ. އެއީ ކުރިން ޢަމަލުކުރަމުން އަންނަ ފޯމުތަކުގައި ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫނެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.