ރައީސް ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސް ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2022 12:08
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ.

މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ބެލެއެވެ.

އަދި މިވަގުތުގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންވެސް ގިނަ ސުވާލުތަކެއް ރައީސާއި ކުރިމަތި ވެގެންދާނެއެވެ. މިއީ މިއަހަރުގެ ޖޫން މަހަށްފަހު ރައީސް ނޫސްވެރިންނާއި ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.