އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގައި ވޯޓުލުމުގެ ފުރުސަތު އަންނަ ބުދަދުވަހު ހުޅުވާލާއިރު، އަޝްފާޤަށް މި ރަންވަނަ ހޯދަން ވޯޓް ދިނުމަށް ދިވެހިން ތިބީ ކެތްމަދު ވެފައެވެ. ފައިނަލާއި ހަމަޔަށް އަޝްފާޤު ގެންދިއުމުގައި ދެއްކި ހިއްވަރުގެ ދެގުނަ އިތުރަށް ޖައްސައި މިވޯޓު ކާމިޔާބްކޮށް ޤައުމަށް ރީތި ނަމެއް ހޯދުމަށް ދިވެހި ޒުވްނުން އިސްނަގައިގެން ކެނޑިނޭޅި ދަނީ ތަފާތު ހަރަކާތްތައްވެސް ހިންގަމުންނެވެ.
އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
? #AFCCup Bracket Challenge: FINAL & 3rd Place Playoff ?
? 3rd Place Playoff: Nov 24
? Final: Nov. 25? Check out the contenders…
? https://t.co/2V9kqVEjbe pic.twitter.com/G1itRhRbzd
— AFC (@theafcdotcom) November 23, 2020
އަޝްފާގު ޖަހާފައިވާ ގޯލާއި، އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ ޖަހާފައިވާ ގޯލަށް އެކަނި ބަލައިލުމުންވެސް ބަލާހިތުން ބަލާލައި، ގައިން ހީބިހި ނަގާފަދަ ހިތްގައިމު ގޯލެއް ޖަހާފައިވަނީ އަޝްފާޤު ކަމާއިވެސް ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. މިގޯލަކީ ތަފާތު މޮޅު ގޯލެއްކަން ސާބިރުކޮށްދެނީ މިއަދު އަޝްފާޤާއިއެކު ދިވެހިން ކުރި މައްސަކަތުން އޭނާ ފައިނަލުގައި އޮތުމެވެ.
ބަރްކެޓް ޗެލެންޖުގެ ފައިނަލް ބުދަ ދުވަހު ފަށާއިރު، އާދީއްތަ ދުވަހާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 5 ދުވަހުގެ ތެރޭގައި ވޯޓް ލުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ގިނަ ދުވަސްތަކެއްކަމަށް ދެކި ފަހު ދުވަހު ނޫނީ ފަހު ވަގުތު ވޯޓު ދިނުމަށް ލަސްނުކޮށް ވޯޓުލާން ހުޅުވާލާ ވަގުތުން ފެށިގެން އަޝްފާގު ކުރީގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާއި ހަމަޔަށް ވޯޓްލައި ނިމެންދެން އެއްވާނެއްގައި ހިފަހައްޓާލެވިއްޖެނަމަ މިއީ އަޝްފާޤާއިއެކު ދިވެހިން ފަހުރުވެރިވާނެ ފަރަކަށް ވާނެއެވެ.
އަޝްފާޤް ފައިނަލް ބުރަށް ދަތުރުކުރުމާއިއެކު އޭނާ ކުރި ޓްވީޓުގައި ވަނީ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް އަޝްފާޤު ވަނީ ބުނެފައެވެ.
އަޝްފާޤުގެ މިމެސެޖް މިއަދު ސަޕޯޓަރުންނާއި ދިވެހި ރައްޔިތުންވެސް ނަގަންވީ މިއީ ޤައުމީ ކަމެއްގެ ގޮތުގައެވެ. ޤައުމަށް ކޮށްދެވޭ ކަމެއްގެ ގޮތުގައި ދެކި، ޤައުމީ ވާޖިބް އަދާކުރުމުގައި ޤައުމަށް ރީތި ނަމެއް ހޯދަން ކޮންމެ މީހެއްގެވެސް ބައިވެރިވުމަކީ ވަރަށް މުހިންމު ބައިވެރުވުމަކަށް ވާނެއެވެ.