ބަތަލާ އަނުޝްކާ ޝަރުމާގެ ކުރިއަށް އޮތް ފިލްމް "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިން ނިންމާލައިފި އެވެ.
އެ ފިލްމަކީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ، ޖުލަން ގޯސްވާމީގެ ހަޔާތަށް ނެރޭ ފިލްމެކެވެ. އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޖުލަންއަކީ އެ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ މީހެކެވެ.
އޭނާގެ ހަޔާތަށް ނެރޭ ފިލްމުގައި އޭނާގެ ރޯލު ކުޅޭނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ އެވެ. އޭނާ ވަނީ އެ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ޓްރެއިންތަކެއް ވެސް ހަދައިފަ އެވެ.
މީގެ ޝޫޓިން ނިންމާލި ވާހަކަ، މިއަދު ފޮޓޯތަކަކާ އެކީ އަނުޝްކާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އަދި އިއުލާން ނުކުރާ "ޗަކްދާ އެކްސްޕްރެސް" ގެ ޑައިރެކްޓަރަކީ ކްލީން ސްލޭޓުން ޕްރޮޑިއުސްކޮށް، އަނުޝްކާ ކުޅުނު 2018 ގެ ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.
މި ފިލްމަކީ 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހުގައި އަނުޝްކާ ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމެވެ. އަދި އޭނާގެ އަލަތު ދަރިފުޅު ލިބުނު ފަހުން ސްކްރީނުން ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު ވެސް މެއެވެ.