ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ ޢިމާރާތް

ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ ޢިމާރާތް

Author
މުޙައްމަދު ޖިމީ
27 ޑިސެމްބަރ 2022 01:13
0

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހި ރާއްޖޭގެ އަޑު ހިންގާ ޢިމާރާތުގެ ބައެއް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ މައި މަރުކަޒު ހިންގަން މާފަންނު އަޑުގެ ޢިމާރާތުގެ ބައެއް ހަމަޖެއްސުމަށް ހައުސިންގ މިނިސްޓްރީން ޕީއެސްއެމަށް އަންގާފައިވާކަމަށެވެ. އަދި ކުއްޔަށް އަޑުން ބައެއް ދޭނެކަމަށް ބުނެފައިވާކަމަށް އިލެކްޝަނުން ބުންޏެވެ.

އިލެކްޝަނުން ބުނީ އަންނަ މަހުގެ 15 ހިސާބުގައި އަޑުގެ ޢިމާރާޓުން ބައެއް ހަމަޖެހޭނެކަމަށެވެ.

މިހާތަނަށް އިންތިޚާބުތަކުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރަމުން އައީ ބައު ޖަމާލުއްދީން ޢިމާރާތެވެ. ނަމަވެސް ޢަރަބިއްޔާ ސްކޫލް އެޅުމަށްއެ ބިން ދިނުމުން މިހާރު އެތަން ތަޅާލާ ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުއެވެ. އެ އިންތިޚާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.