ރައީސް ޞާލިޙަކީ އައްޑުއަށް ލިބުނު ނިޢުމަތެއް: ނިހާދު

ރައީސް ޞާލިޙަކީ އައްޑުއަށް ލިބުނު ނިޢުމަތެއް: ނިހާދު

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2022 07:13
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ އައްޑޫސިޓީއަށް ލިބުނު ނިޢުމަތެއްކަމަށް ރައްޔިޔުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ތަޢުރީފްކުރައްވާ ޢާންމުކޮށްވެސް ވާހަކަފުޅުދައްކަވާ ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދައުރާހަމައަށް މުޅިން ބާކީކޮށްލާފައި އޮތް އައްޑޫސިޓީއަށް އަޅާލެއްވި ވެރިޔަކީ ރައީސް ޔާމީންކަމަށެވެ. ރައީސް ޞާލިޙްގެ ސަރުކާރުން އަންނަނީ މުޅި އައްޑޫސިޓީ ބަދަލުކޮށްލެއްވުމަށް އެތައް ބިލިޔަން ރުފިޔާއެއް ޚަރަދުކުރައްވަމުންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އައްޑޫދެކެ ލޯބިވާ މިފަދަ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިޢުމަތެއްކަމަށް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫސިޓީއަށްތަކައި ރައީސް ޞާލިޙާއެކު ތިބުމަކީ ލާޒިމްކަމެއްކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވުން ބޮޑުވެ ދެބައިވެފައިވާ އެމްޑީޕީގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. ރައީސް ޞާލިޙަށް ތާޢީދުކުރާ ފެކްޝާއި ރައީސް ނަޝީދަށް ތާޢީދުކުރާ ފެކްޝަނުގެ މެދުގައި ބަހުގެ ޙަމަލާތައް ދިނުން އިތުވެފެ ނުތަނަވަސްކަންވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މި ނުތަނަވަސްކަން ބޮޑެވެ. ދެ ރައީސުން ރިޔާސީ ޓިކެޓު ހޯއްދަވަން ކެމްޕެއިންކުރައްވަމުންދާއިރު، ދެބޭފުޅުންނަށް ތާޢީދުކުރާ މެމްބަރުންގެ މެދުގައި ބަހުގެ ޙަމަލާތައް އިތުރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝީދު ފޭދޫ
ރައީސް ސާލިހަކީ މިޅި މިގައުމައް ޖެހެހިގެން ހިނގާ މުސީބާތައް ދެވަނަ މުސީބާތަކީ ތައްގަންނަ ހަސަންތަކުރުގެ އިބިރިހިމާ ތައްސައުފުވެގެއި ވަގަކަޅާ
އ އައްޑަނަަ
އައްޑޫއަތޮޅަކައްނޫންް ކުރިއެރުންލިބުނީީ ނިހާދުމެންކަހަލަަ މަދުު ބަޔަކައްް ރިސޯޓްތަކާއިި ބިންތަކާާ އެޕާޓްމަންޓްތަކާަ ވެހިކަލްތަކާާ އަމިއްލަވިޔާފާރިތައްް މިސަރުކާރުންް ހޯދަދިނީމާާ ބަޔަކުމޮޔަގޮވުމަކީީ އާއްމުގޮތެއްގައިިހިގާކަންތައްް ތީއާކަމެއްނޫންް ފެނޭނޫންް ދީނީތާކިހާވިއްކާމީހުންވެސްް އެއީީ އެމީހުންް ބަޑުފުރާމުއްތިކުރުމައްް ކުރާމަސައްކަތްގޮތައްް ފެންނަނީީ އެމީހުންްގެެފަރާތުންް ފެންނަމަންޒަރުތަކުންް ދޭހަވަނީީ އެމީހުންނައްް މިދުނިޔޭގައިި ދިރިއުޅެވޭނީި ފައިސާދޭބަޔަކުު ރުއްސުމައްް ހުޝާމަތުކުރުމާއިި އެކުު ގައުމާއިި މުޖުތަމައުު ފިތުނަފަސާދަކޮއްގެންް އަދިި އެހެންމީހުންނައްް ބިރުދައްކަންް އެހެންކޮންމެމީހަކުކުރާހާާ ކަމަކައްް ދީންބޭނުންކުރުމަކީީ އެފަދަމީހުންގެެ އާއްމުކަމެއްް އެމީހުންނައްް އިންސާފެއްނޯންނާނެެ އޮންނާއެމީހުންނައްް ނުހައްގުފައިސާާ ދޭމީހުންް ހިމާޔަތްކުރުންް މީމިހާރުު މިގައުމައްް ދިމާވެފަަ އޮތްް ދުއްޕާނެއްގޮތައްް ބަޔެއްމީހުންް ސިފަކުރާކަމެއްގެެ ގޮތައްފެންނަންފަށައިފިި އިސްލާދީނަކީީ އަހަރުމެންް އެންމެލޯބިވާދީންް ވީމާާ އިސްލާދީންް އޭގެހެޔޮގޮތުގައިި ބޭނުންކުރުންް ވަރައްމުހިންމުު