މިހާރަކަށް އައިސް ބައެއް ނުފޫޒުގަދަ މީހުން ކައިވެނީގެ ކަންކަން ކޯޓުން ބޭރުން ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށާ، އެއީ ނުރައްކާތެރިކަމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަރްޢީ ކޯޓު މެދުވެރިކޮށް ކައިވެނި ކުރުމަކީ މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި ކައިވެނި ކުރަން އުޅޭ ދެމީހުންނަކީ ކައިވެނި ހެޔޮވާވަރުގެ ދެމީހުންތޯ, އަދި އެދެމީހުން ކައިވެނި ކުރުމަށް ޝަރްޢީގޮތުންނާއި ޤާނޫނީގޮތުން އެއްވެސް ހުރަހެއް އޮތްތޯ ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.
ޝަރްޢީ ކޯޓު މެދުވެރިކޮށް ކައިވެނި ކުރުމަކީ މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި ވަރަށް މުހިއްމު ކަމެއް. ކައިވެނި ކުރަން އުޅޭ ދެމީހުންނަކީ ކައިވެނި ހެޔޮވާވަރުގެ ދެމީހުންތޯ, އަދި އެދެމީހުން ކައިވެނި ކުރުމަށް ޝަރްޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ހުރިތޯ ބަލަންޖެހޭ.
— Dr.Mohamed Iyaz (@dr_iyaz) December 23, 2022
އެހެންނަމަވެސް ބައެއް ނުފޫޒުގަދަ ފަރާތްތަކުން ކައިވެނީގެ ކަންތައް ކޯޓުން ބޭރުން ހަމަޖެއްސުމަށް މަސައްކަތްކުރަމުންގެންދާކަމަށާ، މިއީ ހިތާމަކުރި ކަމެއްކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަކީ މުޖްތަމަޢުގެ ހަމަޖެހުން ގެއްލި, ފިތުނަ ފަސާދަ ޢާއްމުވެދާނެކަމެއްކަމަށާ، މިއީ އޭގެ ސަބަބުން ދަރިފަސްކޮޅުގެ ނަސްލު ގެއްލި ހިނގައިދާނެފަދަ ނުރައްކާތެރިކަމެއްކަމުގައި ޑރ.އިޔާޒް ވިދާޅުވިއެވެ.
One Response
ތިއިންނެވީ ހަމައިގަތޯ ހިތައްއަރާ މިގަމުގަ ސަރުއީކޯޓެއް އެބަހުރިތޯ؟ ހުރިނަމަ އަޅުގަމެއް އެކޯޓުން ބޭރުގަ އެއްވެސްކަމެއް ނުކުރާނައް މިގައުމުގަ އޮތީ ﷲބާވާލެއްވި ގާނޫނުލް އުގޫބާތްތޯ؟ ތަފުސޮިރު އިލްމުވެރިޔެއްގެ ދުލުން ތިފަދަ ބަސްތައް ބުނީމަ މަނިކުފާނަކީ އިލްމުވެރިޔެކޭ ދަންނަވަން ލަދުގަނޭ ކައުސަރު ސޫރަތުގެ ފުރިހަމަ އުނިކުރުމެއްނެތް ތަފުސީރެއް އާމުކޮއްލަދީބަލަ އޭރުން މަނިކުފާނުގެ ނަން އޮތް ލިސްޓު މުސްލިމު އހުންނާއި އުހުތުންނައް ރަގަޅައް ސާފުވާނެ