ރިޟުވާން މަރާލި މީހުން ފުލުހުންނަށް އެނގޭނެ: ޔާމިން

ރިޟުވާން މަރާލި މީހުން ފުލުހުންނަށް އެނގޭނެ: ޔާމިން

Author
ހުސެއިން
23 ޑިސެމްބަރ 2022 10:57
0

2014 ވަނަ އަހަރު ގެއްލުވާލާފައިވާ ރިޟުވާން އަބުދުﷲ މަރާލިމީހުން މި ސަރުކާރަށާއި ފުލުހުންނަށް އެނގޭނެ ކަމުގައި ކުރީގެ ރައިސް އަބުދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

"ފޭލާލައިފި" ނަމުގައި މިރޭ އިދިކޮޅު ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައިން ރިޟުވާން ކާރަކަށް ލައިގެން ދުއްވީ ކާކުކަންވެސް އެނގޭކަމަށެވެ. އަދި އެމީހުން މިއަތުތިބީ ކޮންތާކުތޯ ސުވާލު ކުރައްވަމުން، އެމީހުން މިއަދު ތިބީ ޕީޕީއެމްގެ ޖަލްސާގަތޯވެސް ޔާމިންވަނީ ސުވާލު ކުރައްވާފައެވެ. އަދި އެމީހުން މިއަދު ވީއްލިގެން އުޅެނީ ކީއްވެތޯވެސް ޔާމިންވަނީ ސުވާލު ކުރައްވާފައެވެ.

ކޮންތާކުތޯ އެމީހުން ތިބީ؟ ދޭން އޭރު އެކަމުގެ ތުހުމަތުވާކަމަށް ބުނާ ބައެއް މީހުންނަށް ޕާސްޕޯޓު ހަދައިދީގެން ރާއްޖެއިން ބޭރަށް ދިޔަ ވާހަކަ ދެއްކީ. ކާކު ޕާސްޕޯޓު ހަދާދިނީ އެމީހުންނަށް؟ އެއީ ބަލާ ނިންމާފަ އޮތް ތަހުގީގެއް ނޫންތަ؟ އެތަހުގީގުން އަދަބު ދޭންޖެހޭ ފަރާތްތަކަށް އަދަބު ދީ. ފުލުހުން މަންމަންވެފަ ތިތިބީ ގާނޫނޫ އަސާސީގަ އޮތް ހަނުހުރުމުގެ ހަގުގުގެ ބޭނުން ކުރާތީތަ؟ މުހައްމަދު ރިޔާޒު ހީއެއް ނުވޭ ހަނުހުރުުމުގެ ހައްގުގެ ބޭނުންކުރާ މީހެއް ހެނެއް. އެހެރީ ރައީސް ޔާމިން ފްރޭމްކުރަން ދައްކާފަ ހުރި ވާހަކަ. ލަދު ހަޔާތުގެ ކަންފުޅެއްވެސް އެބަހުރިތަ މިމީހުންގެ؟

"ފެލާލައިފި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވެފައި ވެއެވެ.

ޔާމިން ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ފެށޭ ހިސާބަކީ މިއީ ކަމުގައެވެ. ޔާމިން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ވަގުންތައްކަމާއި، ގޭންގުތައްކު ބޮޑުންވެސް ތިބީ މި ސަރުކާރުގަ ކަމުގައެވެ.

ފާއިތުވި ހަފްތާގަ މަރުކޮމިޝަންގެ ރިޕޯޓު ވަނީ ރައީސް ސާލިހަށް އަރުވާފައިވާފައެވެ. އަދި މަރު ކޮމިޝަންގެ ރިޕޯޓު ރިޟުވާންގެ އާއިލާއިން ބަލައިގެންފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން މަރު ކޮމިޝަންގެ ރިޕޯޓަށް ފާޑު ކިޔާފައިވަނީ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންއާއި ބައްދަލުކޮށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން، މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ރައީސް ޔާމިންއާއި ހިއްސާ ކޮށްފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވުމާއި ގުޅިގެންނެވެ.

ރިޟުވާންގެ މަރުގެ ހާދިސާއާއި ރައީސް ޔާމިންއާއި ގުޅުން އޮތްކަމަށް ނުބެލެވޭކަމަށް، ކޮމިޝަން އެންމެ ފުރަތަމަ އެކުލަވާލިއިރު ކޮމިޝަންގައި ހިމެނުނު މެމްބަރެއް ކަމުގައިވާ، ސުޕްރިމްކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވި ނަމަވެސް، މިމައްސަލާއާއި ރައީސް ޔާމިންއާއި ނުސީދާކޮށް ނަމަވެސް ގުޅުންއޮތްކަމަށް ކޮމިޝަންގެ މިހާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވުމުން، ގަބޫލު ކުރެވޭ ގޮތުގައި މި މައުލޫމާތުތައް ވެގެންދާނީ ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް މަގުފަހިކޮށްދޭ ހެކިތަކެއް ނުވަތަ މައުލޫމާތުތަކެއް ކަމުގައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވަފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.