ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފި

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 03:26
0

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ތަކެތި ޑެލިވަރކޮށް އިންސްޓޯލްކުރުމަށް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޝައުޔާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 1،393،900.00 ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައިވަނީ ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ތުރާކުނުގެ ގިނަ ޒުވާނުން އުންމީދު ކުރަމުންދާ ޓާފްދަނޑެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ އެރަށުގެ ޒުވާނުންނަށް ހިތްފަސޭހަކަމާއިއެކު ފުޓުބޯޅަ ކުޅެވޭނެ މަގު ފަހިކޮށް ދިނުމަށެވެ. އަދި މިއީ އެރަށުގެ ޒުވާނުން ކުރަމުންދިޔަ ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.