މިދިޔަ އޮކްޓޯބަރު މަހި ރިލީޒްކުރި ބޮލީވުޑްގެ ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.
މި ފިލްމް އަކީ އަޖޭގެ އިތުރުން ސިދާތު މަލްހޮތުރާ އާއި ރަކުލް ޕްރީތު ސިންގ ވެސް މުހިންމު ރޯލަކުން ފެނިގެންދާ ފިލްމެކެވެ. ދިވާލީގައި ރިލީޒް ކުރުމަށް ހުރިހާކަމެއް މިހާރު ނިމިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންދަރު ކުމާރެވެ.
"ތޭންގް ގޯޑް" ގެ ކުރިން ރަކުލް ވަނީ މި އަހަރު ރިލީޒްކުރި "ރަންވޭ 34″ އާއި 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގައި ވެސް އަޖޭއާ އެކު މަސައްކަތް ކޮށްފައެވެ. އަދި ކުރިއަރަމުން އަންނަ ބަތަލާ ވަނީ ސިދާތާ އެކީ ވެސް ދެ ފިލްމެއްގެ މަސައްކަތް މީގެކުރިން ކޮށްފައެވެ. އެއީ 2018 ގެ "އައްޔާރީ" އާއި 2019 ގެ "މަރުޖާވާ" އެވެ.
އިންދަރް ކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 50 ކްރޯޑް ރުޕީސް (6.05 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 49.55 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
ކޮމެންޓު ފޮނުވާ