ޕީޕީއެމްގެ 7،000 މެމްބަރުން ވަގަށް ބަދަލުކުރުުގައި އީސީގެ ދައުރު ބޮޑު: ޝުޖާ

ޕީޕީއެމްގެ 7،000 މެމްބަރުން ވަގަށް ބަދަލުކުރުުގައި އީސީގެ ދައުރު ބޮޑު: ޝުޖާ

ޕީޕީއެމްގެ 7،000 މެމްބަރުން އެހެން ޕާޓީތަކަށް ވަގަށް ބަދަލުކުރުުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ވަރަށް ބޮޑު ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދަފްތަރާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކާއި، އަދި ދަފްތަރުގެ ކަންކަން ހައްލު ކުރުމަށް އެޕާޓީން ކުރަމުންދާ މަސައްކަތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޕީޕީއެމްއަކީ މެމްބަރުންގެ ދަފްތަރުގެ ކަންކަމުގައި އެންމެބޮޑަށް ވަކާލާތު ކުރި އެއްޕާޓީއެވެ. އެޕާޓީން ވަނީ ތަކުރާރުކޮށް މިމައްސަލާގައި އިލެކްޝަނާއި ބައްދަލުކޮށް ހައްލު ހޯދުމަށްވެސް މަސައްކަތް ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ކައުންސިލަރުގެ މަޤާމުވެސް ފުރުއްވަމުންދާ ޝުޖާ ވިދާޅުވީ ދަފްތަރުން މެމްބަރުން ގެއްލުމުގެ ކަންބޮޑުވުން ޕީޕީއެމްއިން ތަކުރާރުކޮށް ކުރާތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. ޕީޕީއެމްގެ 7،000 މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ބަދަލު ކުރިކަމުގެ ޝަކުވާ ކުރަމުން ދިޔަނަމަވެސް މިކަމަކީ އީސީގެވެސް ބައިވެރިވުމާއިއެކު ކޮށްފައިވާ ކަމެއްކަމަށް ޝުޖާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ޕީ.ޕީ.އެމްގެ ދަފްތަރުން 7000 މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ”ވަގަށް“ ބަދަލު ކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ވަރަށް ބޮޑު. މިއަދު އެމްޑީޕީން ދަފްތަރު ވާހަކަ އެބަ ދައްކާ. އަހަރެމެން އެބަތިބިން ބަލަން ތިހަދާއެއްޗެއް. މިފަހަރު ރައްޔިތުންނަށް ހާމަވާނެ ލައްކަ ކަންކަން.

– ޝުޖާ ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރާއި ގޫޅޭގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގެ ތެރޭގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި 17،156 މީހުން ހިމެނޭ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ވެބްސައިޓްގައިވާ ލިސްޓްގައި އީސީގެ ދަފްތަރުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި ހިމެނޭ 1211، ޑީއާރްޕީ 389، ޖޭޕީ 3788، އެމްޑީއޭ 1761، އެމްއެސްއެލްޑީޕީ 875، އެމްއާރްއެމް 1029، އެމްޓީޑީ 1048، ޕީއެންސީ 698، ޕީޕީއެމް 6357، އަދިި އީސީގެ ދަފްތަރުގައު އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވާ 24،033 މީހުން ހިމެނޭ ކަމަށް އިބުރޭ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިލެކްޝަންގެ ދަފްތަރުގެ ވާހަކައެއްނޫން އެ ދައްކަނީ. އެމްޑީޕީން އަމިއްލައަށް ގެންގުޅޭ ދަފްތަރެއްގެ ވާހަކަ.

Leave a Reply

Your email address will not be published. Required fields are marked *