ބޯލާ އަންނަ މާރިޗުގައި

ބޯލާ އަންނަ މާރިޗުގައި

Author
ފާތިމަތު ނާވީ
22 ޑިސެމްބަރ 2022 06:44
0

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ސިނަމާތަކުގައި އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ. މީ އަޖޭ އާއި އެކުގައި ތާބޫ ފެނިގެންދާނެ ފިލްމްއެކެވެ.

ގިން އެކްޝަން މަންޒަރު ތަކެއް ހިމެނޭ މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހުގައިއެވެ. އޭނާ އެންމެ ފަހުން އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވަނީ މިއަހަރު ނެރުނު ފިލްމު ރަންވޭ 34 ގައެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

"ބޯލާ"ގެ ޑައިރެކްޓަރުގެ އިތުރުން ލީޑް އެކްޓަރަކީ އޭނާއެވެ. އަދި އޭނާއާއެކު ފިލްމުން ދެން ފެނިގެންދާނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ތަބޫ އެވެ. ތާބޫ އާއި އަޖޭ އެކުގައި ވަނީ ގިނަ ފިލްމް ތަކެއް ކުޅެފައިއެވެ. އަދި އެދެމީހުންނަކީ ވަރަށް ގާތް ދެމީހުންނެވެ.

މި ފިލްމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު، ތަމަޅަ އެކްޝަން ތުރިލާ "ކައިތީ"ގެ ރިމޭކެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ ޖަލުން މިނިވަންވާ ގައިދީއަކު އޭނާ މިނިވަންވާ ރޭ ސްމަގުލް ގޭންގެއްގެ ކިބައިން ފުލުހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ. އެކަން އޭނާ ކުރަނީ ޔަތީމުހާނާއެއްގައި ހުރި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށް ބޭނުންވާތީއެވެ. އަދި ފުލުހުން އޭނާއަށް އެކަމުގައި ވާ އެހީތެރިކަނަ ފިލްމުގައި ދައްކުވައިދެއެވެ.

 

View this post on Instagram

 

A post shared by Tabu (@tabutiful)

މި ފިލްމް އަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމްއެވެ. މި ފިލްްމްގައި ތައްބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގައެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ.

އަޖޭގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ ފިލްމު "ޔޫ މީ އޮރް ހަމް" އެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ ފިލްމު "ޝިވާއީ" އަކީ އަޖޭގެ 2 ވަނަ ޑައިރެކްޝަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.